ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް ކުޑަކުރީ އެ ކުންފުނިން ކުރަމުން އައި ސީއެސްއާރު ހަރަދުތައް ކަމަށެވެ.
މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ފެނަކައިގެ ހަރަދުތައް ނިމުނު އަހަރަށްވުރެ 60 އިންސައްތަ ކުޑަކޮށްފައިވާކަން އެ ކުންފުނިން ބުނެފި އެވެ.
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް ކުޑަކުރީ އެ ކުންފުނިން ކުރަމުން އައި ސީއެސްއާރު ހަރަދުތައް ކަމަށެވެ.
ސީއެސްއާރަށް ކުރި ހަރަދު ނިމުނު އަހަރާ އަޅާބަލާއިރު 98 އިންސައްތައިން ދަށްކުރެވިފައިވާކަން ފެނަކައިން ފާހަގަކުރި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި ސީއެސްއާރުގެ އިތުރަށް ދަތުރުފަތުރުގެ ހަރަދުތައްވެސް އެ ކުންފުނިންވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެގޮތުން ދަތުރުފަތުރުތަކަށް އެވެރެޖުކޮށް ފާއިތުވި ފަސް އަހަރު 85 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. 2023 ގައި އެކަނި ދަތުރުތަކަށް 74 މިލިއަން ރުފިޔާ ހަރަދުވިކަން އޭނ ފާހަގަކުރެއްވި އެވެ.
މުއާޒު އިތުރަށް ވިދާޅުވީ ދަތުރުތަކަށް ކުރި ހަރަދު މިހާރު 84 އިންސައްތައިން ކުޑަކޮށްފައިވާ ކަމަށެވެ. އެކަން ކުރީ 150 ރަށަކަށް މުދާ އުފުލުމަށް ދޯނިތައް ކުއްޔަށް ނަގައިގެން އެކަން ކުރުމުގެ ބަދަލުގައި އެ ދަތުރުތަކަށް ހާއްސަކޮށް ފެނަކައަށް ދޯނި ހޯދައިގެން ދަތުރުތައް ކޮށްގެން ކަމަށެވެ.
އޭގެ އިތުރަށް ބޭރަށް ކުރާ ދަތުރުތަކުގެ ހޭދަ 70 އިންސައްތައިން ކުޑަކޮށްފައިވެ އެވެ. ކެއުމާއި އެކޮމަޑޭޝަނުގެ ހަރަދުތައް 22 އިންސައްތައިން ދަށްކުރި އެވެ. ނިމުނު އަހަރު އެފަަދަ އެލަވެންސްތަކށް 54 މިލިއަން ހަރަދުކުރިއިރު މި އަހަރު އަށް މަހުގައި ހަރަދުވީ 42 މިލިއަނެވެ.
އަދި މެނޭޖިން ޑިރެކްޓާގެ ދަތުރުތަކުގައި ޕެޓީ ކޭޝްއިން ބޮޑެތި ހަރަދުތަކެއް ކުރިން ކުރި ނަމަވެސް މިހާރު އެ އަދަދުވަނީ 96 އިންސައިން ކުޑަކޮށްފައެވެ.