ބާތިލުކުރި ފެނަކައިގެ 16 މަޝްރޫއު | 384 މިލިއަން ދައްކަންޖެހޭ، ބައެއް ލިޔުން ނެތް

"މި ޕްރޮޖެކްތުތައް ފުރަތަމަ ކޮންޓްރެކްޓު ކުރެވުނު އިރު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފެނަކައަށް ލިބިފައިވޭ. އެހެން ނަމަވެސް މި ފައިސާތައް ބޭނުންކޮށްފައި ވަނީ އެންމެ ރަނގަޅަކަށް ނޫން،"

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު --

ފެނަކައާ ކުރީ ސަރުކާރުން ހަވާލުކުރި 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އެއްބަސްވުން ސަރުކާރުން ބާތިލުކުރިއިރު އެ މަޝްރޫއުތަކާ ގުޅިގެން އެކި ފަރާތްތަކަށް އެ ކުންފުނިން 384 މިލިއަން ރުފިޔާ ދައްކަންޖެހިފައިވާކަމަށާއި، އެ މަޝްރޫއުތަކާ ގުޅޭ ބައެއް ލިޔެކިޔުން ކުންފުނީގައި ނުވެސް ނެތްކަމަށް އެ ކުންފުނީގެ އާ މެނޭޖުމެންޓުން ބުނެފި އެވެ. 

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރި ފަހުން ފުރަތަމަ ފަހަރަށް ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޑިރެކްޓާ އަބްދުލްވާހިދު މުހައްމަދު ވިދާޅުވީ އެ 16 މަޝްރޫއުގެ އެއްބަސްވުންތައް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ އެ މަޝްރޫއުތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި 92 މިލިއަން ރުފިޔާ އެ ކުންފުންޏަށް ސަރުކާރުން ދޫކުރި ނަމަވެސް އެ ފައިސާ ބޭނުންކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމުގައި ނުބެލެވޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެޑްވާންސް ފައިސާ ބޭނުންކުރި ގޮތާ ގުޅޭ ލިޔެކިޔުންތައް އެ ކުންފުނީގައި ނުވެސް ނެތެވެ. 

އަދި އެ ކުންފުނިން މި މަސައްކަތްކުރުމަށް އެކި ރަށްރަށަށް ކުންފުނީގެ އެކި ބްރާންޗުތަކުގެ މުވައްޒަފުން ފޮނުވާފައި ތިބިއިރު އެ މުވައްޒަފުންނަށްވެސް ބޮޑެތި ހަރަދުތަކެއް އުސޫލުން ބޭރުން ހިންގާފައިވާކަން ފާހަގަކުރައްވައި ވާހިދު ވިދާޅުވީ މަސައްކަތު މީހަކަށް މުސާރއަށް 45،000 ރުފިޔާ އެ ކުންފުނިން ދީފައި އެބަހުރި ކަމަށެވެ. 

"މަސައްކަތްތަކަށް ކުންފުނީގެ ފަރާތުން ފޮނުވާފައި ތިބި އެކި ބްރާންޗުތަކުގެ މުވައްޒަފުން. އެ މުވައްޒަފުންގެ އެލަވެންސްތަކާ އެކު އެންމެ އާދައިގެ މަސައްކަތު މީހެއްގެ މުސާރައަށް އެބަހުރި ކުންފުނިން 45،000ރ. ހަރަދުކޮށްފައި [މަހެއްގެ މައްޗަށް]،" ވާހިދު ވިދާޅުވި އެވެ. 

"މި ޕްރޮޖެކްތުތައް ފުރަތަމަ ކޮންޓްރެކްޓު ކުރެވުނު އިރު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފެނަކައަށް ލިބިފައިވޭ. އެހެން ނަމަވެސް މި ފައިސާތައް ބޭނުންކޮށްފައި ވަނީ އެންމެ ރަނގަޅަކަށް ނޫން،"

އެ ޕްރޮޖެކްޓުތަކުގައި މަސައްކަތްތަކަށް ކަނޑައަޅާފައި ހުރި އަގުތަކަށްވުރެ ބޮޑު އަގުގައި ސަބްކޮންޓްރެކްޓުކޮށްފައި ހުރިކަން ފާހަގަކުރައްވަމުން މިސާލެއްގެ ގޮތުގައި މާހިދު ފާހަގަކުރެއްވީ އީއައިއޭ ހެދުމަށް 550،000 ރުފިޔާ ހަރަދުކުރަން ނިންމާފައިވަނިކޮށް އެއަށްވުރެ ބޮޑު އަގެއްގައި ސަބްކޮންޓްރެކްޓުކޮށްފައި ހުރިކަން ފާހަގަވެފައިވުމެވެ. 

ފެނަކައާ ހަވާލުކުރި 618 މިލިއަން ރުފިޔާގެ މަސައްކަތުގެ 71 އިންސައްތައަށްވާ މަސައްކަތް 439 މިލިއަން ރުފިޔާއަށް އެކި ފަރާތްތަކާ ސަބް-ކޮންޓްރެކްޓަށް ހަވާލުކޮށްފައިވާކަމަށް ވާހިދު ވިދާޅުވި އެވެ. އަދި އެ ފައިސާގެ ތެރެއިން 384 މިލިއަން ރުފިޔާއަށް އެ ކުންފުނިން ޒިންމާވާންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. 

ވާހިދު އިތުރަށް ވިދާޅުވީ މިހާތަނަށް އެމަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް އެ ކުންފުނިން 55 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.