އޫރީދޫއަށް ދެ ކުއާޓާއިން ބިލިއަނަކަށްވުރެ ބޮޑު އާމްދަނީއެއް، ޓެކުހުގެ ގޮތުގައި ދެއްކީ 64 މިލިއަން

އޫރީދޫގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުނިން ދެ ކުއާޓާގައި އިންކަމް ޓެކްސްގެ ގޮތުގައި ހަރަދުކޮށްފައިވަނީ ކުންފުންޏަށް ލިބުނު އާމްދަނީގެ އެންމެ ހަތް އިންސައްތަކަމަށްވާ 64.4 މިލިއަން ރުފިޔާ އެވެ.

އުރީދޫ ބިލްޑިންގް: އުރީދޫ ސިމް މަސައްކަތެއް ނުކުރޭ

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އޫރީދޫއަށް މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އެއް ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ލިބުނުއިރު ދެ ކުއާޓާގައި ދައުލަތަށް ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދެއްކީ 64 މިލިއަން ރުފިޔާ އެވެ. 

އުރީދޫން އާންމުކޮށްފައިވާ އެ ކުންފުނީގެ ކުއާޓާލީ މާލީ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އުރީދޫއަށް 554 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 540.7 މިލިއަން ރުފިޔާ ލިބުނެވެ. 

އޫރީދޫއަށް ދެ ކުއާޓާގައި ލިބުނު އާމްދަނީގެ ތަފުސީލު

  •  މޯބައިލް އާމްދަނީ | ފުރަތަމަ ކުއާޓާ: 429.9 މިލިއަން ރުފިޔާ، ދެވަނަ ކުއާޓާ: 415.2 މިލިއަން ރުފިޔާ
  •  ފިކްސްޑް ބްރޯޑްބޭންޑްއާއި އެންޓަޕްރައިސް | ފުރަތަމަ ކުއާޓާ: 123.9 މިލިއަން ރުފިޔާ، ދެވަނަ ކުއާޓާ: 125.2 މިލިއަން ރުފިޔާ
  •  އެހެނިހެން | ފުރަތަމަ ކުއާޓާ: 157 މިލިއަން ރުފިޔާ، ދެވަނަ ކުއާޓާ: 238 މިލިއަން ރުފިޔާ

ޓެކުސް ދެއްކުމުގެ ކުރިން ކުންފުންޏަށް ޖުމްލަ 400 މިލިއަން ރުފިޔާގެ ފައިދާއެއް ދެ ކުއާޓާގައި އެއްކޮށް ލިބުނުކަމަށް އޫރީދޫގެ ހިސާބުތަކުން ދައްކަ އެވެ. އޫރީދޫގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުނިން ދެ ކުއާޓާގައި އިންކަމް ޓެކްސްގެ ގޮތުގައި ހަރަދުކޮށްފައިވަނީ 64.4 މިލިއަން ރުފިޔާ އެވެ. 

އެހެންކަމުން އޫރީދޫން މި ދެ ކުއާޓާގައި އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައުލަތަށް  ދައްކާފައިވަނީ އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީގެ އެންމެ ހަތް އިންސައްތައާ ގާތްކުރާ މިންވަރެކެވެ. 

މި ދެ ކުއާޓާގައި ކުންފުނީގެ ހިއްސާއަކަށް 2.27 ރުފިޔާ ފައިދާގެ ގޮތުގައި ލިބުނުކަން ކުންފުނީގެ ހިސާބުތަކުން ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.