ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮމާނާ ހިއްސާ ކުރައްވައިފި

އިންސާނީ ވަސީލަތް ބިނާކުރުމާއި، ޓީޗަރުން ތަމްރީނު ކުރުމާއި، އުމްރާނީ ތަރައްގީއާއި، ބަޖެޓު ސަޕޯޓު ފަދަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަން އޮމާނުގެ ހާރިޖީ ވަޒީރާއެކު ބައްދަަލުކުރެއްވި ކުރެއްވުމުގައި ރައީސް ފާހަގަކުރެއްވި އެވެ.

އޮމާނުގެ ހާރިޖީވަޒީރު ސައްޔިދު ބިން ހަމަދް ބިން ހަމޫދު އަލްބުސައިދީއާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް އެހީތެރިކަން މިވަގުތު ބޭނުންވާ ދާއިރާތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އޮމާނުގެ ސަރުކާރާ ހިއްސާ ކުރައްވައިފި އެވެ. 

ރައީސް އެކަންކަން ހިއްސާކުރެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެމަނިކުފާނު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި އޮމާނުގެ ޚާރިޖީވަޒީރު އަދި އެ ގައުމުގެ ވަފުދުގެ އިސްވެރިޔާ ސައްޔިދު ބިން ޙަމަދް ބިން ޙަމޫދް އަލްބުސައިދީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ. 

މި ބައްދަލުވުމުގައި ރައީސްވަނީ ދިވެހި ސަރުކާރުން ގެންގުޅޭ ތަރައްގީގެ އެޖެންޑާ އޮމާނުގެ ހާރިޖީވަޒީރާ ހިއްސާ ކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެއަށް އޮމާނުން ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ރައީސްވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ފާހަގަކުރެއްވި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ؛ 

  •  ބަޖެޓު ސަޕޯޓު
  •  އިންފްރާސްޓްރަކްޗާ ތަރައްގީކުރުން
  •  ޓީޗަރުން ތަމްރީނުކުރުން
  •  އިންސާނީ ވަސީލަތް ތަރައްގީކުރުން

މި ބައްދަލުވުމުގައި ދެ ބޭފުޅުންވަނީ ދެ ގައުމުން އިސްކަންދޭ މުހިއްމު މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށާއި، ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް އެއްބަސްވެވަޑައިގެންފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.