ރާއްޖޭގައި އިންވެސްޓުކުރަން ކުވައިތުގެ އިންވެސްޓަރުންނަށް ރައީސްގެ ދައުވަތު

އެއާއެކު ރައީސްވަނީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް، އެކި ދާއިރާތަަކުން ރާއްޖޭގައި އިންވެސްޓުކުރަން ކުވައިތުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފަ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ކުވައިތުގެ ވަލީ އަހުދު ޝައިހް ޞަބާޙް އާލް ޞަބާޙްއާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތަކަށް އިންވެސްޓުކުރަން ކުވައިތުގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ. 

މި ދައުވަތު އެމަނިކުފާނު ދެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ބައްދަލުވުމުގެ ހަވާސާގައި ރއީސްވަނީ ކުވައިތުގެ ވަލީ އަހުދު ޝައިހް ސަަބާހް އަލްޚާލިދު އަލްޙަމްދު އަލްމުބާރަކް އަލްސަބާހާ ބައްދަލުކުރެއްވުމުގަ އެވެ. 

ދެ ލީޑަރުން ބައްދަލުކުރެއްވި ކުރެއްވުމުގައި ރައީސްވަނީ ރާއްޖޭގެ ތަރައްގީއަށް ކުވައިތު ސަރުކާރުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮސްޕިޓާތަކެއް ތަރައްގީކުރުމަށް ކުވައިތު ފަންޑުން ފޯރުކޮށްދީފައިވާ ބޮޑު އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަކިން ހާއްސަ ޝުކުރެއް ރައީސް އަދާކުރެއްވި އެވެ. 

ރައީސްވަނީ ރާއްޖޭގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ މުހިއްމު އަމާޒުތައް ހާސިލުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ވަކިން ފާހަގަަކުރެއްވި އެވެ. 

އެއާއެކު ރައީސްވަނީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް، އެކި ދާއިރާތަަކުން ރާއްޖޭގައި އިންވެސްޓުކުރަން ކުވައިތުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފަ އެވެ. 

އެ ބައްދަލުވުން ނިންމަވައިލެއްވީ ދެ ގައުމުން ކަންބޮޑުވާ އަދި އިސްކަންދޭ މައްސަލަތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރެއްވުމަށާއި، ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގަންނަވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.