ކިއާރާ އާއި ސިދާތުގެ ކައިވެނި އޭޕްރީލްގައި ޕްރައިވެޓްކޮށް

"ޝޭރްޝާހް" ގެ ސެޓުގެ ތެރެއިން ކިއަރާ އާއި ސިދާތުގެ ގުޅުމެއް ފެށުނު ފަހުން ކައިވެނީގެ ވާހަކަ މީޑިއާގައި އޮވެއެވެ. އަދި އޭރުންސުރެ އެއީ ސިއްރުން ކުރާ ކައިވެންޏެއް ގޮތުގައި އަޑުތައް ފެތުރިފައި ވެސް ވެއެވެ.

ކިއާރާ އާއި ސިދާތު: އަންނަ އަހަރު ކައިވެނި ކުރާނެ

"ކޮފީ ވިތު ކަރަން" ޝޯގައި ކިއާރާ އަދުވާނީ އާއި ޝާހިދު ކަޕޫރު ބައިވެރި އިރު މި އަހަރުގެ ފަހުކޮޅު ސިދާތު މަލްހަތްރާ އާއި ކިއާރާ ބޮޑު އިއުލާނެއް ކުރާނެ ކަމަށް ޝާހިދު ކަޕޫރު ބުނަމުން ދިޔަ އެވެ.

ޝާހިދު ކަޕޫރު އެހެން ބުނި އިރު ވެސް ސިދާތް އާއި ކިއާރާ އަދުވާނީގެ ކައިވެންޏަކީ އިންތިޒާރުގައި އޮތް ކައިވެންޏެވެ. އަޑުތައް އެކި ގޮތްގޮތަށް އޮންނަ ކައިވެންޏެކެވެ. މިހާރު އާ ރިޕޯޓްތައް ބުނާ ގޮތުން ބޮލީވުޑްގެ ދެ ސްޓާރުންގެ ކައިވެނި އޮންނާނީ އަންނަ އަހަރުގެ އޭޕްރީ މަހު ފަހުކޮޅު އެވެ. ޝާހިދު ކަޕޫރު އެ ބުނާ އެ އިއުލާނަކީ ވެސް ކިއާރާގެ ކައިވެންޏެވެ.

"ޝޭރްޝާހް" ގެ ސެޓުގެ ތެރެއިން ކިއަރާ އާއި ސިދާތުގެ ގުޅުމެއް ފެށުނު ފަހުން ކައިވެނީގެ ވާހަކަ މީޑިއާގައި އޮވެއެވެ. އަދި އޭރުންސުރެ އެއީ ސިއްރުން ކުރާ ކައިވެންޏެއް ގޮތުގައި އަޑުތައް ފެތުރިފައި ވެސް ވެއެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ސިދާތު އާއި ކިއާރާގެ ކައިވެނި ހަފްލާ ބާއްވަން ކިއަރާ ބޭނުން ވަނީ ވަރަށް އާދައިގެ ގޮތަކަށް އެހައި ޕްރައިވެޓް ކޮށެވެ. ގިނަ ބަޔަކު އެއްވާ ގޮތަށް ދައުވަތު ނުދޭނެ އެވެ. ހަމަ އެކަނި އާއިލާ އާއި ރަހުމަތްތެރިންނާއެކު ފުއްދާލާނީ އެވެ.

ކިއާރާ އެންމެ ފަހުން ފެނުނީ "ޖުގް ޖުގް ޖިއޯ" އިންނެވެ. ސިދާތު ދެން ފެންނާނީ "ތެންކް ގޯޑް" އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.