ސައުދީއާއެކު އޮތް އިސްލާމީ ވަރުގަދަަ ގުޅުމާމެދު ރާއްޖެއިން ފަހުރުވެރިވޭ: ރައީސް

އިސްލާމީ ގުޅުމުން ރާއްޖެއާއި ސައުދީ ލާމެހިފައި އޮތުމަކީ ރާއްޖެއިން ފަހުރުވެރިވާ އަދި ނުހަނު އަގުކުރާ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖޭގެ މެދުގައި އޮތް އިސްލާމީ އުހުއްވަތްތެރިކަމުގެ ވަރުގަދަ ގުޅުމާމެދު ރާއްޖެއިން ފަހުރުވެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ޚާދިމުލް ޙަރަމައިނިއް ޝަރީފައިން މަލިކް ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާލް ސުޢޫދަށާއި އެ ގައުމުގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނަށް ދުވަހުގެ ތަހާނީ އަރިސްކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. 

އިސްލާމީ ގުޅުމުން ރާއްޖެއާއި ސައުދީ ލާމެހިފައި އޮތުމަކީ ރާއްޖެއިން ފަހުރުވެރިވާ އަދި ނުހަނު އަގުކުރާ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ދެގައުމުގެ ޒަމާންވީ އެކުވެރިކަމާއި އެއްބައިވަންތަަކަމާއި އެކުގައި ކައިރިން ކުރާ މަސައްކަތަކީވެސް ރާއްޖެއިން އަގުވަޒަންކުރާ ކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. 

އިތުރަށް ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުންތައް ދެމިގެންދާ ދިއުމުގެ ސަބަބުން ދެ ގައުމުުގެ ރައްްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ލިބޭނެކަމުގެ އިތުބާރު އެމަނިކުފާނަށް އެބައޮތް ކަމަަށެވެ. 

ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ސައުދީ އަރަބިއްޔާއާއެކު ވަރަށް ގާތް ގުޅުމެއް އޮތުމަށްފަހު ފާއިތުވި ފަސް އަހަރު އެމްޑީޕީގެ ވެރިކަމުގައި އެގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ނަމަވެސް މިހާރު އެގުޅުން އަނބުރާ އިއާދަކުރެވި ބަދަހިވާންވަނީ ފަށާފަ އެވެ. 

ރާއްޖޭގެ ވަޒީރުންގެ ޓީމުތައް ސައުދީއަށް ޒިޔާރަތްކުރައްވައި އެގައުމުގެ މަތީ ފަންތީގެ މަސްއޫލުވެރިން ރާއްޖެއަށް ޒިޔާރަތްކުރައްވައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި މުހިއްމު ގިނަ މައްސަލަތަކެއްގައި މަޝްވަރާކުރެވި ހިޔާލު ބަދަލުކުރެވިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.