ސައުދީއާއި ރާއްޖޭގެ ގުޅުން ބަދަހިވީ ރައީސްގެ މަސައްކަތްޕުޅުން: ނައިބު ރައީސް

އެގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައިޮ ދޭދޭ ގުޅުން ބަދަހިކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަަތްޕުޅުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަަތީފު ވިދާޅުވެއްޖެ އެވެ. 

ނައިބުރައީސް މިފަދައިން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާގއި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކުފުޅުގަ އެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ. 

ވިލޯ ނޯޓިކަލްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބުރައީސްވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި އެ ގައުމުގެ ސަރުކާަރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ނައިބުރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ އާދަތަކުގެ މއްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އެގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައިޮ ދޭދޭ ގުޅުން ބަދަހިކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަަތްޕުޅުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ފާއިތުވި ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ސައުދީން ފޯރުކޯށްދިން އެހީތެރިކަމާއި ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހެމާންދާަރީ ފާހަގަކުރައްވައި އެގައުމަށް ނައިބުރައީސް ޝުކުރު އަދާކުރެއްވި އެވެ. 

ނައިބުރައީސް އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގެ ތަރައްގީއަށް މުހިއްމު ބޮޑެތި މަޝްރޫއުތަކަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓޫ މެދުވެރިކޮށް އެ ގައުމުން ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމެވެ. އެ އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެ ގައުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. 

އަދި ސައުދީ އަރަބިއްޔާގެ މަޠްރިކް ޢަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން އިސްލާމީ އެއްބައިވަންތަކަން ކުރިއަރުވައި ރާއްޖެއާއި ސައުދީގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ނައިބުރައީސްވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.