ވީޑިޔޯއިން ފެންނަނީ އެކި ފަހަރު މަތިން މުޅި ދެކުނުގެ ބޭނުމަށް ފޮނުވި ފުށް: އެސްޓީއޯ

އެވީޑިޔޯ މީސްމީޑިޔާގައި ދައުރުވާން ފެށުމާ ގުޅިގެން އެސްޓީއޯގެ މީޑިޔާ އޮފިޝަލެއް "މިރާ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވީޑިޔޯއިން ފެންނަ ފުށަކީ އެކި ފަހަރު މަތިން ދެކުނުގެ ހުރިހާ އަތޮޅެއްގެ ބޭނުމަށް ފޮނުވި ފުށްތަކެއް ކަމަށެވެ.

ހިލޭ ބަހާ ހަނޑޫ އަދި ފުށް ދޫކުރަނީ --

އައްޑޫ ސިޓީގައި އުކާލާފައި ހުރި ފުށްތަކެއްކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުކުރަމުންދާ ވީޑިޔޯއިން ފެންނަ ފުށަކީ އެކި ފަހަރުގެ މަތިން ދެކުނުގެ ހުރިހާ އަތޮޅެއްގައި ބޭނުންކުރުމަށް ފޮނުވި ފުށުގެ ތެރެއިން ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައި ހުރި ފުށްކަމަށް އެސްޓީއޯއިން ބުނެފި އެވެ. 

ދައުރުވަމުންދާ ވީޑިޔޯގައި ވާހަކަދެއްކި މީހާ ބުނެފައިވަނީ އުކާލާފައިވާ ފުށަަކީ އެސްޓީއޯއިން ތުރުކީން ގެނައި ފުށް ކަމަށެވެ. އަދި އެފުށް އުކާލާފައިވާއިރު ފުށުގެ މުއްދަތު ހަމަނުވާ ކަމަށާއި، ނަމަވެސް ފުށް ހުރީ ފަނިއަޅާފައި ކަމަށެވެ. އަދި އޭނާ އިތުރަށް ބުނީ އެ ފުށަކީ ހައެއް ނުވަތަ އަށެއްކަ މަސްދުވަހު އައްޑޫ ރައްޔިތުންނަށް ބޭނުންކުރެވޭހާ ފުށް ކަމަށެވެ. 

އަދި އެ ފުށަކީ ރައްޔިތުންނަށް ނުދީ ފީކުރުމަށްފަހު އުކައިލާ ފުށްތަކެއްކަމަށްވެސް އެމީހާ ތުހުމަތު ކުރި އެވެ. ހަލާކުވެގެން އުކައިލާފައި ހުރި ފުށްތައް ނަގައިގެން ބިދޭސީން އެއިން ކާބޯތަކެތި ހަދައިގެން ވިއްކަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އޭނާ ބުންޏެވެ. 

އެވީޑިޔޯ މީސްމީޑިޔާގައި ދައުރުވާން ފެށުމާ ގުޅިގެން އެސްޓީއޯގެ މީޑިޔާ އޮފިޝަލެއް "މިރާ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވީޑިޔޯއިން ފެންނަ ފުށަކީ އެކި ފަހަރު މަތިން ދެކުނުގެ ހުރިހާ އަތޮޅެއްގެ ބޭނުމަށް ފޮނުވި ފުށްތަކެއް ކަމަށެވެ. 

އަދި އެ ފުށް ބޭނުންނުހިފޭ މިންވަރަށް ހަަލާކުވެފައިވާ ކަމަށާއި، އެ ފުށް ނައްތައިލާފައިވަނީ އެފަދަ ތަކެތި ނައްތައިލުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެ ފުށަކީ ހަމައެކަނި ތުރުކީން ގެނައި ފުށްކަމަށް ދެކެވޭ ވާހަކއަކީ ދޮގެއްކަމުގައި އެސްޓީއޯއިން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.