ބައިސްކަލެއް ވަަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް

ޖޫރިމަނާ ފައިސާ ދެއްކޭނެކަން ސާބިތުކޮށްދިނުމަށް އަބްދުލްމަޖީދުގެ ފަރާތުން ކޯޓަަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާތީ މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ ހުކުމް ކުރައްވާފައިވަނީ އެމީހާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

މާލޭގައި މަގެއް މަތީ ހުރި ބައިސްކަލެއް ވަގަށް ނެގި މީހަކު ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

އެ މައްސަލާގައި ހިމެނެނީ ކ.ތުލުސްދޫ، އުދުހޭކޮކާ އަބްދުލްމަޖީދު އަބްދުﷲ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ. އެއީ  އަމީރު އަހްމަދު މަގުގައި ހުންނަ ކޮމާޝަަލް ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ބަަހައްޓާފައި ހުރި ބައިސްކަލެއް، 2022 ވަނަ އަހަރުގެ އޮކްޓޯބަރު ތިންވަނަ ދުވަހުގެ ވަގުތެއްގައި ވަގަަށް ނެގި މައްސަލައެއްގަ އެވެ. 

އޭނާ ވަަގަށް ނަގާފައިވަނީ އެމްޓީބީ ބްރޭންޑުގެ ނޫކުލައާއި ފެހިކުލައިގެ ބައިސްކަލެއްކަށް ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ. 

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާވަނީ އެ ބައިސްކަލު ވަގަށް ނެގިކަމަށް އެއްބަސްވެފަ އެވެ. އޭނާ ބުނީ އެ ބައިސްކަލު ތަޅުނުލައި ހުރުމުން "ދުއްވާލަން ދެވުނީ" ކަމަށެވެ. އޭނާ ދައުވާއަށް އިއުތިރާފުވުމާ ގުޅިގެން އަވަސްނިޔާ އަޑުއެހުމެއް ބޭއްވި އެވެ. 

އަވަސްނިޔާ އަޑުއެހުމުގައިވެސް ދައުވާ ލިބުނު މީހާވަނީ އިބްތިދާއީ އަޑުއެހުމުގައި ވެފައިވާ އިއުތިރާފު ދަމަހަައްޓާފަ އެވެ. އަދި އެ މައްސަލާގައި ހިމެނޭ ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއްކަމުން އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. 

އަސާސީ މިންގަނޑަށްވުރެ އަދަބު މަތިކުރާޏެ ހާލަތެއް ނެތްކަން ފާހަގަކޮށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އޭނާ ކުށަށް އިއުތިރާފުވުމުން އަސާސީ މިންގަނޑުން އެއް ދަރަޖަ އަދަބު ދަށްވާނެ ކަމަށެވެ. އެއިރުން ކަނޑައެޅޭނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. 

މި މއްސަލާގައި ދައުވާ ރައްދުވާ ފަރާތުން އެދިފައިވަނީ ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާއެއް ކަނޑައެޅުމަށެވެ. ޖޫރިމަނާކުރުމަށް ޖަލު ހުކުމް ބަދަލުކުރާނަމަ ކަނޑައަޅަންޖެހޭނީ 21،600 ރުފިޔާ އެވެ. 

ދައުވާ ލިބޭ ފަރާތުން ބުނެފައިވަނީ ވަޒީފއެއް އަދާކުރަމުން ނުދާ ކަމަށާއި ނަމަވެސް އާމްދަނީ ހޯދުމަށް މަސްވެރިކަން ކޮށް އުޅޭ ކަމަށާއި، ޖޫރިމަނާ ފައިސާ ކަނޑައަޅައިފިނަމަ އެ ފައިސާ ދެއްކުމަށް އާއިލާއިންވެސް އެހީތެރިވާނެތީ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. 

ނަމަވެސް ޖޫރިމަނާ ފައިސާ ދެއްކޭނެކަން ސާބިތުކޮށްދިނުމަށް އަބްދުލްމަޖީދުގެ ފަރާތުން ކޯޓަަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާތީ މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ ހުކުމް ކުރައްވާފައިވަނީ އެމީހާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.