މިތިބީ ގުޅިގެން ލަންކާގެ ތާރީހު ބަދަލުކޮށްލަން ތައްޔާރަށް: ޑިސަަނަޔަކެ

މިހިސާބަށް އައުމަށް ލަންކާ ރައްޔިތުން ކުރި ދަތުރަކީ ދަލާއި، ކަރުނައާއި ފުރާނައިން އެތައް ބަޔަކު ގުރުބާންވެގެން ކުރި ދަތުރެއް ކަމުގައި ފާހަގަަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެ ފަރާތްތަކުގެ ގުރުބާނީ ހަނދަން ނުނެތޭ ކަމަށެވެ.

ސްރީ ލަންކާގެ އާ ރައީސް ޑިސަނަޔަކެ، ފޮޓޯ: އެކްސް

ލަންކާގެ ހުރިހާ ރައްޔިތުން ގުޅިގެން އެ ގައުމުގެ ތާރީހު ބަދަލުކޮށްލާނެކަމަށް އަަވައްޓެރި ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރާ ޑިސަނަޔަކެ ވިދާޅުވެއްޖެ އެވެ. 

ޑިސަނަޔަކެ މިފަދައިން ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު މިރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ އެތައް ގަރުނަކަށް ލަންކާ ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުން ގާތްވެފައިވާ ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ މިއަދުގެ ކާމިޔާބަކީ އެންމެ މީހެއްގެ މަސައްކަތުގެ ނަތީޖާ ނޫންކަމަށާއި، އެއީ ލަންކާގެ އެތައް ހާސް ރައްޔިތުންނެއްގެ އެކުވި މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިހިސާބަށް އާދެވުނީ އެއްގޮތެއްގައި ރައްޔިތުން ތިބުމުންކަމަށާއި، އެކަމަށް ނުހުނު ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޑިސަނަޔަކެ ފާހަގަކުރެއްވީ މިއަދުގެ ނަސްރަކީ ހުރިހާ ލަންކާ ރައްޔިތުންގެ ކާމިޔާބެއް ކަމެވެ. 

މިހިސާބަށް އައުމަށް ލަންކާ ރައްޔިތުން ކުރި ދަތުރަކީ ދަލާއި، ކަރުނައާއި ފުރާނައިން އެތައް ބަޔަކު ގުރުބާންވެގެން ކުރި ދަތުރެއް ކަމުގައި ފާހަގަަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެ ފަރާތްތަކުގެ ގުރުބާނީ ހަނދަން ނުނެތޭ ކަމަށެވެ. 

އަދި މިއަދުގެ ލަންކާގެ ޖީލުތަކުން އެ އެންމެންގެ އުންމީދުތަކާއި ގުރުބާނީ އުފުލަނީ އެ ގުރުބާނީއާއެކު ކޮނޑުގައި އެޅޭ ޒިންމާަ ރަނގަޅަށް ދަނެތިބެކަމަށްވެސް ޑިސަނަޔަކެ ވިދާޅުވި އެވެ. އަދި އުންމީދާއި އެދުންތަކުން ފުރިފައިވާ ލޯތައް ލަންކާގެ ލީޑަރުން ކުރިއަށް އެކުއެކީގައި ކޮއްޕަނީ ލަންކާގެ ތާރީހު ބަދަލުކޮށްލުމަށް ކަމުގައިވެސް ވިދާޅުވި އެވެ. 

އަދި ލަންކާގެ ތާރީހު ބަދަލުކޮށްލުމުގެ ހުވަފެން ހަގީގަތަކަށް ހެދޭނީ އައު ފެށުމަކުންކަން ފާހަގަކުރައްވައި ސިންހަޅައިންނާއި ތަމަޅައިން، މުސްލިމުންނާއި ބުދިސްޓުންގެ އެއްބައިވަންތަކަމަކީ ލަންކާގެ އައު ފެށުމުގެ ބިންގާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އަލުން ބިނާކުރުމަށް އެދޭ އެދުން އުފަންވާނީ އެ ބާރާއި ތަސައްވުރުގެ ތެރެއިން ކަމަށް ޑިސަނަޔަކެ ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.