ލަންކާގެ އާ ރައީސަށް މަރުހަބާ ވިދާޅުވުމާއެކު ގުޅުން ބަދަހިކުރައްވަން ބޭނުންކަމަށް ރައީސް ވިދާޅުވެއްޖެ

ޑިސެނަޔަކެ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވުމާއެކު ރައީސްވަނީ ދެ ގައުމުގެ މެދުގައި އޮންނަ ތާރީހީ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފަ އެވެ. ސްރީލަންކާއަކީ ރާއްޖެއާ އެންމެ ދުވަސްވީ ގުޅުން އޮންނަ އެއް ގައުމެވ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ

ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެއަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

2022 ވަނަ އަހަރު ލަންކާގެ އިގުތިސާދު ފުނޑުމަށްފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑިސަނަޔަކެއަކީ މާކްސިސްޓު ވާތު ފިޔައިގެ ދެ ޕާޓީއެއްގެ ލީޑަރެވެ. އޭނާވަނީ އިންތިހާބުގައި ވާދަވެރިންގެ މައްޗަށް ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ. 

ޑިސެނަޔަކެ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވުމާއެކު ރައީސްވަނީ ދެ ގައުމުގެ މެދުގައި އޮންނަ ތާރީހީ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފަ އެވެ. ސްރީލަންކާއަކީ ރާއްޖެއާ އެންމެ ދުވަސްވީ ގުޅުން އޮންނަ އެއް ގައުމެވެ.

ރައީސްވަނީ ޑިސަނަޔަކެ ހަވާލުވެވަޑައިގެންނެވި އައު މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. 

ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި އެއް ގައުމަކީ ލަންކާ އެވެ. ފުރިހަމަ މިނިވަންކަން ލިބުމުގެ ކުރިންވެސް ލަންކާއަކީ ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.