އެކަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ އެކްސިޑެންޓްވީ އެއް ސައިކަލު ދުއްވަން އިން މީހެކެވެ. އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް -- ސިނަމާލެ ބްރިޖު އެއާޕޯޓް ޓްރެފިކް ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ އެވެ.
އެކްސިޑެންޓް ވީ ދެ ސައިކަލު ޖެހިގެންނެވެ. މިއަދު މެންދުރު އެކެއް ޖެހުމާ ދާދި ކައިރިވެފައި ވަނިކޮށް ހިނގި އެކްސިޑެންޓް ގައި އެކަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ އެކްސިޑެންޓްވީ އެއް ސައިކަލު ދުއްވަން އިން މީހެކެވެ. އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި އަނިޔާވީ ދިވެހި އަންހެނަކަށެވެ.
މި އެކްސިޑެންޓް ގައި ހިމެނޭ ސައިކަލު ދުއްވި މީހާ އަކީ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ބުންޏެވެ.