"ދޭދަރު ރުއިން" ގެ މުހިންމު ރޯލުތަކުން ފެންނާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދާއި ޝުޝްމާ އެވެ. ޝުޝްމާ އަކީ ނޭޕާލް މީހެކެވެ.
އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްގެ އާ ފިލްމު "ދޭދަރު ރުއިން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
ރީތި ފިލްމުތަކެއް ދިވެހި ސިނަމާއަށް ގެނެސް ދިން އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްގެ "ދޭދަރު ރުއިން" ގެ ފުރަތަމަ ޕޯސްޓަރުން ފިލްމުގެ މައިގަނޑު ތަރީން ފެނިގެން ދެ އެވެ.
މިއީ އެކްޝަން ފިލްމެއް ކަމަށް ބެލެވެ އެވެ. ޓީޒާ އިން އެގޮތަށް ލަފާކުރެވެ އެވެ.
ފުރަތަމަ ޕޯސްޓަރުން ވެސް ސިފަ ކުރެވެނީ އެގޮތަށެވެ. ފިލްމަކަށް ބޮޑު ޝައުގުވެރި ކަމެއް އުފައްދައިދެ އެވެ.
މި ފިލްމު އޮލިމްޕަހަށް އަންނާނީ ނޮވެންބަރު 20 ވަނަ ދުވަހު އެވެ. ޑައިރެކްޓް ކުރަނީ އައްޒާމް އެވެ. މިއީ އައްޒާމްގެ ފުރަތަމަ ޑައިރެކްޝަނެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އައި ފިލްމުގެ ރީތި ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު އިލްޔާސް ވަހީދާއި ސިމްބެ އެވެ.
"ދޭދަރު ރުއިން" ގެ މުހިންމު ރޯލުތަކުން ފެންނާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދާއި ޝުޝްމާ އެވެ. ޝުޝްމާ އަކީ ނޭޕާލް މީހެކެވެ.
އިއްލެ އަކީ ދިވެހި ސިނަމާއަށް ވަރަށް ރީތި ފިލްމުތަކެއް ގެނެސްދިން ޒުވާން ޑައިރެކްޓަރު / ޕްރޮޑިއުސަރަކެވެ. މި ފިލްމުގައި ވެސް އިއްލެގެ އުފެއްދުންތަކުގެ ފުރިހަމަ ކަން ފެންނާނެ ކަމުގެ ޔަގީންކަން އިއްލެ އެވެ. އިއްލެ ގެނެސް ދިން ފިލްމުތަކަކީ އާންމުކޮށް ދިވެހި ސިނަމާ އިން ފެންނަ ގިނަ ފިލްމުތަކާއި ތަފާތު، ވަރަށް ރީތި ވާހަކަތަކެއްގެ މައްޗަށް އެކުލެވޭ ތަފާތު ފިލްމުތަކެކެވެ. އެ ފިލްމުތަކަށް އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓި ބޮޑު ތަރުހީބެއް ލިބުނެވެ. ހާއްސަކޮށް ޒުވާނުންނެވެ.