ލަންކާގެ ރައީސަކަށްވުމުގެ ފުރުސަތު އެންމެ ބޮޑު ޑިސަނަޔަކެގެ ކުރު ތައާރަފެއް

ޑިސަނަޔަކެގެ ޕާޓީއަކީ އިގުތިސާދު ހިންގުމުގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށާއި، ބަންދު ބާޒާރެއް ނުވަތަ ކޮންޓްރޯލްޑް މާކެޓު ސިޔާސަތެއް ގެންގުޅުމަށް ތާއީދުކުރާ ޕާޓީއެކެވެ.

ލަަންކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމުގެ ފުރުސަތު އެންމެ ބޮޑު ލީޑަރު ޑިސަނަޔަކެ، ފޮޓޯ: ޕީޓީއައި

ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަވެރިންގެ މައްޗަށް ބޮޑު ތަނުން ކުރި ހޯއްދަވާފައިވާ އަނޫރާ ކުމަރާ ޑިސަނަޔަކެއަކީ އެ ގައުމުގެ ދެ ޕާޓީއެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) އަދި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރެވެ. 

ޑިސަނަޔަކެ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1968 ވަނަ އަހަރުގެ ނޮވެންބަރު 24 ވަނަ ދުވަހު އެވެ. އޭނާއަކީ މިވަގުތު ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އޭނާގެ ވިސްނުންފުޅަކީ މާކްސިސްޓް ފަލްސަފާ އެވެ. އެހެންކަމުން އޭނާއަކީ ވާތު ފިޔައިގެ ލީޑަރެކެވެ. 

އެންމެ ފަހުން އޭނާ ވާދަކުރެއްވި ރިޔާސީ އިންތިހާބުގައި ވޯޓުގެ ތިން އިންސައްތަ ލިބިވަޑައިގެންނެވި ނަމަވެސް އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ފެންނަ ގޮތުގައި އޭނާއަށް ޖުމްލަ ވޯޓުގެ 50 އިންސައްތައަށްވުރެ ބޮޑު މިންވަރެއް ލިބިވަޑައިގަންނަވާނެ ކަމުގައި ބެލެވެ އެވެ. 

އޭކޭޑީގެ ނަންފުޅުން މަޝްހޫރު ޑިސަނަޔަކެގެ މަގުބޫލުކަން އިތުރުވި މައިގަނޑު ސަބަބަކީ ލަންކާގެ ކޮރަޕްޓު ސިޔާސީ ސަގަފަތް ބަދަލުކުރެއްވުމަށް އޭނާ ވެވަޑައިގެންފައިވާ ވައުދުފުޅެވެ. އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައިވެސް އޭނާ ވިދާޅުވީ ލަންކާއަށް މުޅިން އައު ސިޔާސީ ސަގާފަތެއް ބޭނުންވާ ކަމަށެވެ. 

ޑިސަނަޔަކެގެ ޕާޓީއަކީ އިގުތިސާދު ހިންގުމުގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށާއި، ބަންދު ބާޒާރެއް ނުވަތަ ކޮންޓްރޯލްޑް މާކެޓު ސިޔާސަތެއް ގެންގުޅުމަށް ތާއީދުކުރާ ޕާޓީއެކެވެ. 

ޑިސަނަޔަކެވަނީ އިންތިހާބު ކާމިޔާބުކުރައްވައި މަގާމާ ހަވާލުވެވަޑައިގަންނަވާތާ 45 ދުވަހުގެ ތެރޭ ގާނޫނު ހަދާ މަޖިލިސް އުވައިލައްވައި އޭނާގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ މެންޑޭޓު ހޯއްދެވުމަށް އާންމު އިންތިހާބެއް ބާއްވާނެކަން އިއުލާނު ކުރައްވާފަ އެވެ. 

ޑަސަނަޔަކެއަށް އެންމެ ބޮޑަށް އަމާޒުވާ ތުހުމަތަކީ އޭނާއަކީ ޗައިނާއިން ފަންޑުކުރާ ކެންޑިޑޭޓެއްކަމަށް ކުރެވޭ ތުހުމަތެވެ. އެ ތުހުމަތުކުރެވޭ މައިގަނޑު ސަބަބަކީ އޭނާއަކީ މާކްސިސްޓު ފަލްސަފާތައް ގަބޫލުކުރައްވާ ސިޔާސީ ބޭފުޅަކަށްވުމެވެ. 

ނަމަވެސް ބޭރުގެ އެއްވެސް ގައުމަކުން އޭނާގެ ކެމްޕެއިނަށް މާލީ އެހީތެރިކަން ލިބިފައިނުވާ ކަމަށާއި، އޭނާ ޗައިނާއަށާއި އިންޑިޔާއަށްވެސް ދެ ގައުމުގެ ސަރުކާރުގެ ހަރަދުގައި ދަތުރުކުރައްވާފައިވާނެ ކަމުގައި ޑިސަނަޔަކެ ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.