ރަސްމާލެ ހިއްކުމަށް ދެ ސަރަހައްދަކުން ހަ މަސްދުވަހަށް ވެލި ނެގުމުގެ ހުއްދަ ދީފި

ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އީޕީއޭއިންވަނީ ދެ ސަރަހައްދެއް ފާހަގަކޮށްފަ އެވެ. އެއީ މާފުއްޓާ ދިމާލުން ހުޅަނގަށް އޮތް ދެ ސަރަހައްދެކެވެ.

ރަސްމާލެ ހިއްކަން ފެށުމާއެކު ކޮންނަ ބޯޓުގެ ހޮޅިން ފުރަތަމަ ވެލިގަނޑު އޮހިގެންދަނީ

ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމަށް ހަ މަސްދުވަހުގެ މުއްދަތަކަށް ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ އެންވަަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނިމުނު ހަފުތާގައި ދީފި އެވެ. 

ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އީޕީއޭއިންވަނީ ދެ ސަރަހައްދެއް ފާހަގަކޮށްފަ އެވެ. އެއީ މާފުއްޓާ ދިމާލުން ހުޅަނގަށް އޮތް ދެ ސަރަހައްދެކެވެ. އެ ދެ ސަރަހައްދުގެ އިތުރަށް ވެލި ނެގުމަށް އަލްޓަނޭޓިވް ސަރަހައްދެއްގެ ގޮތުގައި އިތާފުށި ރިސޯޓު ކައިރިން ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. 

މި ތަންތަނުން ވެލި ނަގަން ހުއްދަ ދިނީ ރަސްމާލޭގެ ނުވަ ސަރަހައްދެއް ހިއްކުމަށެވެ. އެއީ މި މަޝްރޫއު ކުރިން ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އިން ހިއްކައި ނިންމާފައިވާ ސްިޓް ޖޭގައި ހިމެނޭ 29 ހެކްޓަރު ފިޔަވައި ހިއްކަންޖެހޭ ސަރަހައްދުން 562 ހެކްޓަރުގެ ބިމެވެ. 

މި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓުގެ އިތުރަށް ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެވެ. 

އެޗްޑީސީން ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހިންގަން ނިންމާފައިވަނީ ކިހިނެއް ފައިސާ ހޯދައިގެންކަން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެ މަސައްކަތްކުރަނީ ލޯނެއް ނަގައިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.