މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯރަފުށިން މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެ އެވެ.

ހޯރަފުށިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަހްމަދު ޝިބާން، ފޮޓޯ: ޕޮލިސް އެމްވީ

ހއ.ހޯރަފުށީގައި ފުޅާ ދާއިރާއެއްގަައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ. 

ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިސް އިންޓެލެޖިންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހއ.ހޯރަފުށީ، ރަތްބަގީޗާގޭ އުމުރުން 42 އަހަރުގެ އަހްމަދު ޝީބާން އެވެ. 

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު އެވެ. އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރި މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 50.6 ގްރާމު ހުރި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. 

އަދި އޭނާ ދިރިއުޅޭ ތަނުން މަސްތުވާތަކެތީގެ ވިޔަފާރިކުރަން ގެންގުޅޭ ކަމށް ބެލެވޭ ތަކެއްޗާއި ފައިސާވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެ އެވެ. 

ފުލުހުން ބުނި ގޮތުގައި ހޯރަފުށީ ޕޮލިސް ސްޓޭޝަނުން އެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.