ކިންގްސް ކުންފުނީގެ އަތުން 250،000 ޑޮލަރުގެ ބަދަލެއް ހޯދަން ކުރި ދައުވާއެއް ބާތިލު

ހުސްނީގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައި ވަނީ އިންވެސްޓްކޮށްފައިވާ ފައިސާގެ އިތުރުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުލިބުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިން

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން ތައާރަފު ކުރި ޓްރޭޑިން ސްކީމަށް އިންވެސްޓްމަންޓްކޮށް، ފައިސާ ނުލިބުނު މީހަކު ކުރި ދައުވާއެއް ސިވިލް ކޯޓުން ބާތިލުކޮށްފި އެވެ.

މިއީ އަލްހާން ފަހުމީގެ ކިންގްސް ކުންފުންޏާ ދެމެދު ކިންގްސް ފޮރެކްސީ އޮންލައިން ކޮޕީ ޓްރޭޑިން އަކަށްވުމުގެ އެއްބަސްވުމުގެ ދަށުން، ހުސްނީ ރަމީޒު ކިޔާ މީހަކު އެ ސްކީމަށް އިންވެސްޓްކޮށްފައިވާ 250،000 ޑޮލަރު އަނބުރާ ދީފައި ނުވާތީ ކޮށްފައިވާ ދައުވާ އެކެވެ.

ހުސްނީގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައި ވަނީ އިންވެސްޓްކޮށްފައިވާ ފައިސާގެ އިތުރުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުލިބުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މި މައްސަލައިގެ ދައުވާ ބާތިލުކޮށްފައި ވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދައުވާއާ ގުޅޭ ލިޔެކިޔުންތައް ރައްދު ނުކުރެވިގެންނެވެ. އެ ކުންފުނީގެ ފޯނު ނަންބަރާއި އެޑްރެސް ހޯދުމަށް ދައުވާ ކުރާ ފަރާތަށް ހަތް ދުވަހުގެ ފުރުސަތެއް ދިން ނަމަވެސް، އެ މުއްދަތުގައި އެ މައުލޫމާތު ފޯރު ކޮށްދީފައެއް ނުވެ އެވެ.

ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުން ތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮއަށް ކްރިމިނަލް ކޯޓުގައި ވަނީ ދައުވާ ކޮށްފަ އެވެ.

އަލްހާންގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ ކޮށްފައި ވަނީ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް ޓެކުމުގެ 39 ދައުވާ އުފުލާފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.