ދެ ކިލޯ ހެރޮއިން އެތެރެކުރި ޕާކިސްތާނު މީހެއްގެ މައްޗަށް ދައުވާކުރަން އެދިއްޖެ

އެ މައްސަލާގައި އޭނާ ގެނައި ދެ ލަގެޖުން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ ފެނިފައިވަނީ ހެރޮއިންކަމަށް ޝައްކު ކުރެވޭ ކަމަަށެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ. 

އުމުރުން 49 އަހަރުގެ މޮލިވް މުހައްމަދު ހާރޫނު ހައްޔަރުކުރީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގަ އެވެ. އެ މައްސަލާގއި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. 

އޭނާގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުންގެ އިދާރާއިން ހުށަހަޅާފައިވާ ކަމަށާއި މިފެށޭ ހަފުތާގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމުގައި ދައުލަތުން ކޯޓުގައި ފާހަގަަކުރި އެވެ. 

ދައުލަތުން އިތުރަށް ފާހަގަކުރި ގޮތުގައި މި މައްސަލާގައި ގިނަ އަަދަދެއްގެ މީހުން ބައިވެރިވެ އެވެ. 

އެ މައްސަލާގައި އޭނާ ގެނައި ދެ ލަގެޖުން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ ފެނިފައިވަނީ ހެރޮއިންކަމަށް ޝައްކު ކުރެވޭ ކަމަަށެވެ. 

އެ މައްސަލާގައި އޭނާގެ މައްޗަށް ޝަރީއަތް ކުރަން ފެށިފައިނުވާތީ ދައުވާ ކުރެވޭ ހާލަަތުގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ދިފާއުން އެދިފައިވެ އެވެ. މައްސަލަ ކޯޓަށް ހުށަހެޅުމުން އޭނގެ ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ. 

ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެފައިނުވި ނަމަވެސް މައްސަލަަ ބެއްލެވި ގާޒީ އާމިނަތު އަޒްލިފާ ނިންމަވާފައިވަނީ 20 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.