ޕޯސްޓަލް ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުން ލަންކާގެ އިންތިހާބު ކާމިޔާބުކުރައްވާނީ ޑިސަނަޔަކެ

ޕޯސްޓަލް ވޯޓުގެ ނަތީޖާއަށް ބަލާއިރު މުޅި އިންތިހާބުގައި 50 އިންސައްތައަށްވުރެ ގިނަ ވޯޓު ޑިސަނަަކެއަށް ކާމިޔާބުވާނެކަމަށް މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ.

ނޭޝަނަލް ޕީޕަލްސް ޕަވާގެ ކެންޑިޑޭޓު އަނޫރާ ކުމާރާ ޑިސަނަޔަކެ، ފޮޓޯ: އޭޕީ

އަވައްޓެރި ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގެ ހަތް ޑިސްޓްރިކްޓެއްގެ ޕޯސްޓަލް ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުން ނޭޝަނަލް ޕީޕަލްސް ޕަވާގެ ކެންޑިޑޭޓޫ އަނުރާ ކުމާރާ ޑިސަނަޔަކެ އިންތިހާބު ކާމިޔާބުކުރެއްވުމުގެ ފުރުސަަތު ބޮޑެވެ. 

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އުމުރުފުޅުން 56 އަހަރުގެ ޑިސަަނަޔެކައާ އެންމެ ގާތުން ވާދަކުރައްވާ އިދިކޮޅު މައި ޕާޓީގެ ލީޑަރު ސަޖިތު ޕްރަމަޑަސައާއި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަަގެ މައްޗަށް ޑިސަނަޔަކެވަނީ ބޮޑު ތަނުން ކުރި ހޯއްދަވާފަ އެވެ. 

ވޯޓުލުން ކުރިއަށްދާ 22 ޑިސްޓްރިކްޓުގެ ތެރެއިން ހަތް ޑިސްޓްރިކްޓެއްގެ ޕޯސްޓަލް ވޯޓުގެ ނަތީޖާއިން ފެންނަ ގޮތުގައި ޑިސަނަޔަކެއަށް ޖުމްލަ ވޯޓުގެ 56 އިންސައްތަ ކާމިޔާބު ކުރެއްވިފައިވެ އެވެ. އޭނާއާ ވާދަކުރައްވާ މައި ދެ ކެންޑިޑޭޓުންކުރެ ކޮންމެ ބޭފުޅަކަަށް ލިބިވަޑައިގަތީ 19 އިންސައްތަަ ވޯޓެވެ. 

ޕޯސްޓަލް ވޯޓުގެ ނަތީޖާއަށް ބަލާއިރު މުޅި އިންތިހާބުގައި 50 އިންސައްތައަށްވުރެ ގިނަ ވޯޓު ޑިސަނަަކެއަށް ކާމިޔާބުވާނެކަމަށް މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ. 

އިއްޔެ ބޭއްވި ލަންކާގެ އިންތިހާބަކީ 2022 ވަނަ އަހަރު އެގައުމުގެ އިގުތިސާދު އެކީ އިންދިރާސްވުމަށްފަހު ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބެވެ. އަދި އެ އިންތިހާބަކީ ކުރިއަށް އޮތް ދައުރުގައި ލަަންކާގެ އިގުތިސާދު ބައްޓަންވާނެ ގޮތް ކަނޑައަޅާ މުހިއްމު އިންތިހާބުވެސްމެ އެވެ. 

ޖުމްލަ 38 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެއްވި ނަމަަވެސް އިންތިހާބުގެ މައި ވާދަވެރިންނަކީ މިހާރުގެ ރައީސް ވިކްރަމަސިންހެއާއި އިދިކޮޅު ލީޑަރު ސަޖިތް ޕެރަމަދާސާއާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަނުރާ ކުމާރާ ޑިސަނަޔަކެ އެވެ. 

އެންމެ ފަހުން ލަންކާގެ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފއިވާ ހިސާބުތަކަށް ބަލާއިރު ޑިސަނަޔަކެއަށް ގުނައި ނިމިފައިވާަ އެއް މިލިއަން ވޯޓުގެ 53 އިންސައްތަ ވޯޓު ލިބިވަޑައިގެންފަައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.