އެމެރިކާގައި ގެދޮރު ނެތި މަގުމަތީ ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަނީ

މި އަހަަރުގެ ޖުމްލަ އަދަދު އެނގޭނީ ނިމުނު އަހަރު އެންމެ ގިނައިން ގެދޮރު ނެތް މީހުން ތިބި ކަމަށް ރިޕޯޓުކޮށްފައިވާ ނިއުޔޯކު ހިމެނޭހެން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ތަންތަނުގެ ހިސާބުތައް ލިބުމުންނެވެ.

ޕާކިން ސަރަހައްދެއްގައި ގެދޮރު ނެތް ބަޔަކު، ފޮޓޯ: ޑަބްލިއުއެސްޖީ

އެމެރިކާގައި ގެދޮރު ނެތި މަގުމަތީ ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުންދާކަމަށާއި މި އަހަރު ރެކޯޑު އަދަދަކަށް އެފަދ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފި އެވެ. 

ގެދޮރު ނެތި މަގުމަތީ ދިރިއުޅޭ މީހުންނަށް ހާއްސަ ކޭމްޕުތަކާއި ވަަގުތީ ހިޔާތަކާއި މަގުތަކުގައި ދިރިއުޅޭ އެފަދަ މީހުން ގުނައި ހިސާބުކުރުމަށްފަހު ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓުކުރި ގޮތުގައި އެފަދައިން ދިރިއުޅޭ މީހުންގެ އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށްވަނީ އިތުރުވެފަ އެވެ. 

ސިޓީތަކާއި މެޓްރޯތަކާއި ރަށްފުށުގެ ހިސާބުތައް ހިމެނޭ ގޮތަށް ގެދޮރު ނެތް މީހުންނަށް ހިދުމަތް ފޯރުކޮށްދޭ 250 އަށްވުރެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުން އެއްކުރި މައުލޫމާތުތަކުން އެންމެ ރެއެއްގެ މައްޗަށް 550،000 މީހުން ގެދޮރު ނެތިވެ މަގުމަތީގައި ދިރިއުޅޭ ކަމަަށް ރެކޯޑުކުރެވިފައިވެ އެވެ. އެއީ ނިމުނު އަހަރު އެ ޖަމްއިއްޔާތަކުން ފޯރުކޮށްދިން އަދަދަށްވުރެ 10 އިންސައްތަ އިތުރު މިންވަރެކެވެ. 

ނިމުނު އަހަރު އެމެރިކާގައި 653،000 މީހުން ގެދޮރު ނެތި އެމެރިކާގައި މަގުމަތިވެފައި ތިބި ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މިހާތަނަށް މި އަހަރު އެއްކުރެވުނު ހިސާބުތަކަށް ބަލާއިރު މި އަހަރު ގެދޮރު ނެތި މަގުމަތިވެފައި ތިބި މީހުންގެ އަދަދު އެއަށްވުރެ އިތުރުވާނެ އެވެ. 

މި އަހަަރުގެ ޖުމްލަ އަދަދު އެނގޭނީ ނިމުނު އަހަރު އެންމެ ގިނައިން ގެދޮރު ނެތް މީހުން ތިބި ކަމަށް ރިޕޯޓުކޮށްފައިވާ ނިއުޔޯކު ހިމެނޭހެން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ތަންތަނުގެ ހިސާބުތައް ލިބުމުންނެވެ. 

ޕާކިން ސަރަހައްދެއްގައި ގެދޮރު ނެތް ބަޔަކު، ފޮޓޯ: ޑަބްލިއުއެސްޖީ

ޖާނަލްއިން ރިޕޯޓުކުރި ގޮތުގައި މި އަހަރު ގެދޮރު ނެތި މަގުމަތީގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވި މައިގަނޑު އެއް ސަބަބަަކީ ޓެކްސަސްއަށް އެތެރެވި މުހާޖިރުންގެ ގިނަ ބަޔަކު ބަހުގައި ޗިކާގޯއާއި ޑެންވާ ފަދަ ސިޓީތަކަށް ފޮނުވާލާފައިވުމެވެ. އަދި މުހާޖިރުން ނިއުޔޯކަށް އަންނަ މިންވަރު ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. 

ގެދޮރު ނެތި މަގުމަތީ ދިރިއުޅޭ މީހުން އިތުރުވާ އަނެއް ސަބަބަކީ ކުލި ބޮޑުވުމެވެ. ކުލިތައް އިންތިހާއަށް އުފުލުމުގެ ސަބަބުން ވަރަށް ގިނަ އާއިލާތައް އެމީހުން ކުރިން ދިރިއުޅެމުން އައި ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަންވަނީ މަޖުބޫރުވެފަ އެވެ. އަދި ބައެއްފަހަރު ހިޖުރަކުރާނެ ފުރުސަތު ނުލިބި މަގުމަތީގައާއި ވަގުތީ ހިޔާތަަކުގައި ދިރިއުޅެންވަނީ ޖެހިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.