ބީއެމްއެލްގެ އާ ބޯޑު އެކުލަވާލައިފި

މި އަހަރު މިހާތަނަށް ބީއެމްއެލްގެ ތިން އާންމު ބައްދަލުވުން ބާއްވާފައިވެ އެވެ. އެ ދެ ބައްދަލުވުމަކީވެސް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވާފައިވާ ބައްދަލުވުންތަކެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު --

 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި، ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ހަބީބް މިއަދު އައްޔަނުކޮށްފި އެވެ.

މިއަދު ބޭއްވި ބޭންކުގެ ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ވަނީ އައްޔަނުކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  • 1.އަހުމަދު އަލީ ހަބީބު، ނޫވިލާގެ، ސ. ހިތަދޫ
  • 2.އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
  • 3.އާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
  • 4.ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
  • 5.އަލީ އިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
  • 6.މުހައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90

މި ބައްދަލުވުމުގައި އާންމު ހިއްސާދާރުންގެ ގޮތުގައި ތިން ޑިރެކްޓަރުން ވަނީ ހޮވާފަ އެވެ. އެއީ؛

  • 1.އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
  • 2.މޫސާ ރަޝީދު، މ. ގަސީމް، ކ. މާލެ
  • 3.ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ

މި އަހަރު މިހާތަނަށް ބީއެމްއެލްގެ ތިން އާންމު ބައްދަލުވުން ބާއްވާފައިވެ އެވެ. އެ ދެ ބައްދަލުވުމަކީވެސް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވާފައިވާ ބައްދަލުވުންތަކެވެ.

ބީއެމްއެލް ބޯޑު އެކުލެވިފައިވަނީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތިއްބަވާ ތިން މެންބަރުންގެ މައްޗަށެވެ. 

ބޯޑުގެ މެންބަރުކަމުގައި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާކަމަށްވާ މިހާރު ބީއެމްއެލް ހިންގަވަމުންދާ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީންވަނީ ބޯޑުގެ މެންބަރުކަމުން އިސްތިއުފާދެއްވާފަ އެވެ. ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކާއި ސަރުކާރު ތަމްސީލުކުރާ އައިޝަތު ސަޖުނީ ވެސް އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.