ސެންޓަރެއްގއި ރަޖިސްޓަރީނުވެ ޓެކްސީ ހުއްދަ ނުލިބޭ ގޮތަށް ހަމަޖައްސައިފި

އަދި ޓެކްސީ ހިދުމަތް ދިނުމުގެ ހުއްދައަށް ހުށަހަޅާއިރު ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން ލާޒިމުވާ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވެ އެވެ.

މާލޭގައި ދުއްވާ ޓެކްސީއެއް -- ފައިލް ފޮޓޯ

ޓެކްސީ ހިދުމަތްދޭ ސެންޓަަރެއްގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ ނުލިބޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ. 

ދެ އަހަރު ކުރިން ޓެކްސީ ހިދުމަތުގެ ގަވާއިދަށް ކުރީ ސަރުކާރުން ގެނައި އިސްލާހުގެ ދަށުން، ޓެކްސީ ސެންޓަރެއްގައި ރަޖިސްޓަރީނުކޮށް ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ހިދުމަތް ދިނުމަށް ފުރުސަަތު ހުޅުވާލާފައިވެ އެވެ. 

2022 ވަނަ އަހަރުން ފެށިެގން އަމަލުކުރަމުން އައި އިސްލާހު ބާތިލުކޮށް ނިމުނު ހަފުތާގައި ޓްރާންސްޕޯޓު މިނިސްޓްރީން ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރާނީ ޓެކްސީ ސެންޓަރުތަކުގައި ލިސްޓުކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ. 

އަދި ޓެކްސީ ހިދުމަތް ދިނުމުގެ ހުއްދައަށް ހުށަހަޅާއިރު ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން ލާޒިމުވާ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވެ އެވެ. 

ގަވާއިދަށް ގެނައި އިސްލާހަަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަަލުކުރަމުން އައި އުސޫލު ބާތިލުވާނެކަން ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. 

ޓެކްސީ ސެންޓަރުތަކުގައި ރަޖިސްޓްރީނުކޮށް ޕްރައިވެޓް ހަޔާގެ ގޮތުގައި އަވަސް ރައިޑްއާއި އެނޫންވެސް އެޕްލިކޭޝަަން މެދުވެރިކޮށް ގިނަ ބަޔަަކު އަންނަނީ ޓެކްސީ ހިދުމަތް ދެމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.