ނިމުނު އަހަރަށްވުރެ އިތުރަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިއްޖެ

މި އަހަރު އޯގަސްޓު މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން މި އަަހަރު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވަނީ 10.5 އިންސައްތަ އިތުރުވެފަ އެވެ.

ރާއްޖޭގެ ޓެކްސް އިދާރާ މީރާގެ ނަމް ބޯޑް: އައިއެމްއެފުން ވަނީ ޓެކްހާ ގުޅޭ ރިޕޯޓެއް ނެރެފައި

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 1.6 ބިލިއަން ރުފުޔާއިން އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފި އެވެ. 

މީރާއިން އާންމުކޮށްފައިވާ އޯގަސްޓު މަހުގެ އާމްދަނީ ރިޕޯޓުން ފެންނަ ގޮތުގައި މި އަހަރުގެ ޖަނަވަރީން އޯގަސްޓުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ 85.5 އިންސައްތައަކީ ޓެކުހުން ލިބުނު އާމްދަނީ އެވެ. ޓެކުހުންގެ ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 1.6 ބިލިއަން ރުފިޔާ އިތުރުކަން ހިސާބުތަކުން ދައްކަ އެވެ. 

އެގޮތުން ފާއިތުވި އަހަރު ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 15.1 ބިލިއަން ރުފިޔާ އެވެ. މި އަހަރު އޯގަސްޓު މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން މި އަަހަރު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވަނީ 10.5 އިންސައްތަ އިތުރުވެފަ އެވެ. 

ޓެކުހުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ އިތުރުވެފައިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވެ އެވެ. އެގޮތުން ނިމުނު އަހަރު ޖުމްލަ 4.6 ބިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނުއިރު މި އަހަރު އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވަނީ 5.4 ބިލިއަން ރުފިޔާއަށް އަރާފަަ އެވެ. 

އޭގެ އިތުރަށް ގްރީން ޓެކުހާއި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވެ އެވެ. ނިމުނު އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 686 މިލިއަން ރުފިޔާ އެވެ. މި އަހަރު އެ އަދަދު 719 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވެ އެވެ. 

ޓީޖީއެސްޓީވެސް ހިމެނޭހެން މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު ލިބުނީ 9 ބިލިއަން ރުފިޔާ އެވެ. މި އަހަރު އެ އަދަދުވަނީ 9.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.