މާރާމާރީ ހިންގުމަށް ފަހު ފިލަން ބެންކޮކަށް، ބެންކޮކުން ޑީޕޯޓްކޮށްލައިފި

ފުލުހުން ބުނީ އެ މީހުން ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ޑީޕޯޓްކޮށްލުމުން ކަމަށެވެ.

މާރާމާރީ ހިންގުމަށް ފަހު ފިލަން ބެންކޮކަށް ގޮސް އުޅުނު ދިވެހީންގެ ބަޔަކު ބެންކޮކުން ޑީޕޯޓްކޮށްލައިފި އެވެ.

ފުލުހުން ބުނީ މި މަހުގެ ހަތަރުވަނަ ދުވަހު ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މީހަކާމެދު މާރާމާރީ ހިންގި މައްސަލައެއް ގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކޯޓް އަމުރެއްގެ ދަށުން މި މީހުން ހައްޔަރު ކޮށްފައި ވަނީ ތައިލެންޑުން ރާއްޖެ އައިތަނުންނެވެ. އެކަކު ހައްޔަރު ކުރީ ބުދަ ދުވަހު އެވެ، އަނެއް ދެ މީހުން އިއްޔެ އެވެ.

އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ؛

  •  މުހައްމަދު ސިބްތު އަބްދުﷲ - މ. މަސްކޮތަންގެ
  •  މުހައްމަދު އަހްސަމް - ގ. ދޮންތުނޑި
  •  އަސްވާން މުހައްމަދު - ލ. ގަން / މުކުރިމަގު

ފުލުހުން ބުނީ އެ މީހުން ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ޑީޕޯޓްކޮށްލުމުން ކަމަށެވެ.

އެ މީހުންގެ ތެރެއިން އެކަކު ވަނީ ކޯޓުން ދޫކޮށްލާފަ އެވެ. އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.