ވަޅިން ބިރުދައްކާ ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ފޭރިއްޖެ

ފުލުހުން ބުނީ އެ މީހުން ރޭ ހައްޔަރުކޮށް ފޭރުނު ފައިސާތައް ވެސް ހޯދާފައިވާ ކަމަށެވެ.

ހައްޔަރުކުރި ދެ މީހުން

ވަޅިން ބިރުދައްކާ ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ފޭރިއްޖެ އެވެ.

ފުލުހުން ބުނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރު ދައްކައި ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީ ދެ ބިދޭސީއެއްގެ ވޮލެޓް ފޭރިގަނެ އޭގައި ހުރި ފައިސާތައް އަތުލާފައިވާ ކަމަށެވެ.

އެ ކަން ކުރި ދެ މީހުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެއީ އައްޑޫ ސިޓީ ހިތަދޫ އަތިރީގެ، އަހްމަދު ސިވާތު އާއި ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް އެވެ. އެ ދެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ފުލުހުން ވަނީ އާންމު ކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހުން ރޭ ހައްޔަރުކޮށް ފޭރުނު ފައިސާތައް ވެސް ހޯދާފައިވާ ކަމަށެވެ.

ރާއްޖޭގައި ކުށުގެ ވެށި ފުޅާވެ ވަރަށް އަނިޔާވެރި އަމަލުތައް ދަނީ ހިންގަމުންނެވެ. މީހުންނަށް ބިރުދައްކާ އިންޒާރުދީ ބަރަހަނާކޮށް ބްލެކްމެއިކް ކުރުވާ އެކި ކަހަލަ އަނިޔާދީ ފޭރުމާއި ކުށުގެ ވެށީގައި މީހުން ގެންގުޅުމުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.