ފިޗުން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި، ފާހަގަކުރީ ދަރަނި މަތިވުން

ރާއްޖެއަށް ފިޗުން ކުރިން ދިނީ ސީސީސީ ރޭޓިން އެވެ. އެހެންވެ މިހާރު ދީފައިވާ ބީ ނެގެޓިވްއަކީ ރަނގަޅު ރޭޓިން އެކެވެ.

ރާއްޖޭގެ ސޮވެރިން ކްރެޓިޑް ހަދާފައިވާ ފިޗުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" ގައި ދަމަހައްޓައި ރާއްޖެ އަށް "ސްޓޭބަލް" ދީފި އެވެ. ނަމަވެސް ރާއްޖޭގެ ދަރަނި މަތިވުމާއި ރިޒާވް ދަށްވުން ފާހަގަ ކުރި އެވެ.

ފިޗުގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގެ ރޭޓިން "ބީ ނެގެޓިވް" ގައި ދަހަމައްޓައި ނެގެޓިިވް ރޭޓިން ދިން ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނީގެ ކުރު އަދި ދިގު މުއްދަތުގެ ދަރަނީގެ މައްސަލަ އާއި ރިޒާވް ދަށްވުން ވެސް ހިމެނެ އެވެ.

ރިޒާވް ދަށްވުމާއި ދަރަނި މަތިވުން ފާހަގަ ކުރި

ފިޗުން ވަނީ ރާއްޖޭގެ ރިިޒާވް މިދިޔަ އަހަރު އެއް ބިލިއަން ޑޮލަރުގައި ހުރެފައި ރިޒާވް ދަށްވެފައިވާކަން ފާހަގަކޮށްފަ އެވެ. މީގެ ސަބަބެއްގެ ގޮތުގައި ތެލަށް ކުރަން ޖެހޭ ހަރަދުމަތިވުމާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނެގި ކަރަންސީ ސްވޮޕް އަނބުރާ ދެއްކުމުގެ ސަބަބުންނެވެ. މިހާރު އަންދާޒާ ކޮށްފައިވާ ގޮތުގައި ދަރަނި އަދާ ކުރުމުގެ ސަބަބުން ރިޒާވްއަށް އަސަރު ކުރާނެ އެވެ. އެގޮތުން އަންނަ އަހަރު 214 މިލިއަން ޑޮލަރު ދަރަނި އަރާކުރަން ވަނީ ހޭދަކުރަން ޖެހޭނެ އެވެ.

ޓޫރިޒަމް ރަނގަޅުވުމަކީ ހެވެއް

ފިޗުން ފާހަގަ ކޮށްފައިވާ ގޮތުން މި އަހަރު ޓޫރިޒަމް ރަނގަޅުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު މި އަހަރު 9.2 ޕަސެންޓަށް ކުރިއަރާނެ އެވެ. މިކަން ވެގެންދާނީ ހެވެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ ރޭޓް "ބީ ނެގެޓިވް" ގައި ދެމެހެއްޓި ނަމަވެސް ނެގެޓިވް ރޭޓިންއެއް ދިނީ މިހާރުގެ ދުނިޔޭގެ ހާލަތަށް ބެލުމަށްފަހު އެވެ.

"އެހެން ގައުމުތައް ވެސް ހުރީ ނެގެޓިވްގައި ދީފަ. އެ އުސޫލުން ރާއްޖެ އަށް ވެސް ނެގެޓިވް ދިނީ،" އަމީރު ވިދާޅުވި އެވެ.

2020 ގައި ދިނީ ތިން ސީގެ ރޭޓިން

ހޮންކޮންގްގެ ފިޗުން ރާއްޖެ އަށް ކުރިން "ބީޕްލަސް" ގެ ރޭޓިންއެއް ދީފައި އޮތްނަމަވެސް 2020 ގައި ވަނީ ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ބަދަލުކޮށްފަ އެވެ. މި ރޭޓިން ރާއްޖެއަށް ދިނުމާ ގުޅިގެން ސަރުކާރުގެ އިސްވެރިން ހާއްސަކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެކަމާ ހިތްޕުޅާ ނުވެ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފަ އެވެ. އެފަހަރު ތިން ސީގެ ރޭޓިން ދިނީ ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލާފަ އެވެ.

ފިޗުގެ ރޭޓިން ތާރީހު

  •  15، މެއި 2017 : ބީ ޕޮޒިޓިވް
  •  15 މެއި 208 : ބީ ޕޮޒިޓިވް
  •  8، މެއި 2019 : ބީ ޕޮޒިޓިވް
  •  20، މެއި 2020 : ބީ ނެގެޓިވް
  •  5، ނޮވެމްބަރު 2020 : ސީސީސީ
  •  28، އޮކްޓޫބަރު 2021 : ބީ މައިނަސް
  •  13، އޮކްޓޫބަރު 2022 : ބީ ނެގެޓިވް

ފިޗުގެ އިތުރުން މޫޑީސް އިން ވެސް ރާއްޖެއަށް ސޮވްރިން ކްރެޓީވް ރޭޓް ކުރެ އެވެ. އެންމެ ފަހުން ރާއްޖޭގެ ރޭޓިން ދީފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު އެވެ. އެފަހަރު ދީފައިވަނީ "ބީ މައިނަސް" ސްޓޭބަލް އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.