މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު

ޝާހިދު ވިދާޅުވީ މުޅި ރާއްޖެ މިގޮތަށް ތަރައްގީ ކުރުމުގެ ތަސައްވަރެއް އޮތީ އެމްޑީޕީ ގައި އެކަނި ކަމަށެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ތަރައްގީގެ ސަބަބުން ލިބޭ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 69 އިންސައްތަ ނިމިފައިވާ ކަމަށް މިހާރުގެ ސަރުކާރާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ހަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރަކާ އެކު ކަމަށެވެ.

އަދި އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަހައްދީ މަރުކަޒަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ. މިއީ ބޮޑުތިލަދުންމަތީގެ އިތުރުން އުތުރުގެ އެހެން އަތޮޅުތަކުގެ ވެސް ތަރައްގީގެ އައު ބާބެއް ކަމަ ށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މުޅި ރާއްޖެ މިގޮތަށް ތަރައްގީ ކުރުމުގެ ތަސައްވަރެއް އޮތީ އެމްޑީޕީ ގައި އެކަނި ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީއާ އެކު، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ އާއި ހަވާލުކުރީ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ މިދިޔަ އަހަރު އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. ޝާހިދު ވިދާޅުވީ އެމަސައްކަތުގައި ބައިވެރިވެ، ކުރެވުނު މަސައްކަތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.