އުތުރު ކަނޑުގެ އިގްތިސޯދު ހުޅުވާލަން އުލިގަމްގައި އައިއެސްޕީއެސް ގޭޓް ހުޅުވައިފި

އަށް ޑިގްރީ ޗެނަލުން ދުވާލަކު 200 ބޯޓު އަދި އަހަރެއްގެ މައްޗަށް 50،000 ބޯޓު ދަތުރު ކުރެ އެވެ. ސަރުކާރުގެ އަމާޒަކީ މި ބޯޓުތަކުގެ އެއް ޕަސެންޓަށް އޮފްޝޯވްކޮށް ތެޔޮ އަޅަން ލިބޭނެ އެވެ.

އެމްޕީއެލްގެ އައިއެސްޕީއެސް ގޭޓް މިރޭ ހުޅުވަނީ -- ހުވަދޫ

އުތުރުގެ ކަނޑުގެ އިގްތިސޯދީ ފުރުސަތު ނުވަތަ މެރިޓައިމް ސާވިސް ހިދުމަތްތަކަށް ހުޅުވާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައިއެސްޕީއެސް ގޭޓް ހުޅުވައިފި އެވެ. 

ރާއްޖޭގައި އާ ސިނާއަތެއް ގާއިމް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވާ ވައުދުފުއްދުގެ ގޮތުން ފަށާ މެރިޓައިމްގެ ދާއިރާގެ ގިނަ މަސައްކަތްތައް ގާއިމް ކުރަން އެމްޕީއެލްއިން ވަނީ ހއ. އުލިގަމްގައި އައިއެސްޕީއެސް ގޭޓެއް ގާއިމްކޮށްފަ އެވެ. އަދި އެސްޓީއޯއިން އޮފްޝޯވްކޮށް ބަންކަރިން ވިޔަފާރި މާދަމާ ފަށާއިރު އެއާ ގުޅުންހުރި 14 ހިދުމަތެއްދޭން އެމްޕީއެލްއިން ވަނީ ތައްޔާރުވެފަ އެވެ.

މި ހިދުމަތް ދޭން ހުޅުވި އައިއެސްޕީއެސް ގޭޓް އުލިގަމްގައި ހުޅުއްވައި ދެއްވީ އެ ރަށުގެ ކަމުވޮށިގެންވާ ހިދުމަތްތެރިޔާ މެޖިސްޓޭޓް ރިޓަޔާޓް އަލްއުސްތާޒު އިދްރީސް އާދަމް އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ދުނިޔޭގެ މަޝްހޫރު އަށް ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުތަކަށް ހިދުމަތްދޭން ފަށާ މި ވިޔަފާރީގެ އައިއެސްޕީއެސް ގޭޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި ގޮތުގައި ތާރީހަށް ބަލާއިރު ދުނިޔޭގައި ތިއްބެވި ބޭފުޅުންނަށް އިބްރާހިމް ނާސިރުގެ ވެރިކަން ހަނދާން ހުންނާނެ އެވެ. އަދި އެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށްވެސް މެރިޓައިމް ވިޔަފާރި އަށް ރާއްޖެ ވަންނަ ވާހަކަ ދައްކައި ހުވަފެން ދެއްކި އެވެ. އެކަމަކު މިހާތަނަށް އައި އެއްވެސް ވެރިއަކަށް މިކަން ނުވިކަމަށާ ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މާތްﷲ ގެ ވާގިފުޅާއެކު މިކަން ކުރައްވާނެ އެވެ.

ވަޖީހު ވިދާޅުވީ މިކަން ކާމިޔާބު ކުރަން އެމްޕީއެލް އާއި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއީއޯ ވަޖީހު ވިދާޅުވީ އުލިގަމްގައި އައިއެސްޕީއެސް ގޭޓް ފެށިގެންދާއިރު، އުލިގަމްގައި ތިން ޕްރޮޖެކްޓެއް ހިންގާނެ އެވެ. އެގޮތުން ޔޮޓް މެރީނާއެއްގެ މަސައްކަތް ފަށަން އިއުލާނު ކުރުމުން ރާއްޖޭން ބޭރުގެ 6 ފަރާތަކުން ވަނީ އެކަމަށް ޝައުގުވެރިވެފަ އެވެ. މި މަޝްރޫއުގެ އިތުރުން ކްރޫޒްލައިން ޓާމިނަލަކާއި ސިޓީ ހޮޓަލެއްވެސް އެރަށުގައި އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަމަށް އެމްޕީއެލްއިން ފެސިލިޓޭޓް ކޮށްދޭނީ. މަސައްކަތްކޮށް ހިދުމަތް ދޭނީ އަޅުގަނޑުމެނެއްނޫން އެކަމާ ގުޅުންހުރި ފަރާތްތަކުން،" ވަޖީހު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ މި ސަރަހައްދުން ދުވާލަކު 200 އެއްހާ ބޯޓު ހުރަސްކުރާއިރު އެހެންވެ ސަރުކާރުން ފަށާ މި މަސައްކަތަކީ މި ސަރަހައްދުގެ ސްޓްރެޓެޖިކް ލޮކޭޝަންގެ ފައިދާ ހޯދުމެވެ.

"މިއީ ޓޫރިޒަމް ފިޔަވައި ފޮރިން ކަރަންސީ ލިބޭނެ އިތުރު ގޮތެއް ހޯދުމުގެ މަސައްކަތެއް،" ޝިމާދު ވިދާޅުވި އެވެ.

އެމްޕީއެލްއިން އުލިގަމްގައި ގާއިމްކުރި އައިއެސްޕީއެސް ގޭޓާއެކު ސެކިއުރިޓީ ހިދުމަތްތާއި މުވައްޒަފުން ތިބޭނެ އިމާރާތެއް ވަނީ ގާއިމްކޮށްފަ އެވެ. 

ބަންކަރިންގެ ހިދުމަތް ދެނި އެސްޓީއޯއިންނެވެ. މި ހިދުމަތްދެނީ ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. މިކަމަށް އެސްޓީއޯވއިން ވަނީ ދެ އުޅަނދުވެސް ގެނެސްފަ އެވެ. ސަރުކާރުގެ އަންދާޒާއަކީ މި ސަރަހައްދުން އަހަރަކު 50،000 ބޯޓު ދަތުރުކުރާއިރު މީގެ އެއް ޕަސެންޓަށް ހިދުމަތް ދޭން ލިބޭނެ ކަމަށެވެ. އަދި އޮފްޝޯވްކޮށް އަޅާ ތެލުން އެކަނި އަހަރަކު 400 މިލިއަން ޑޮލަރު އިގްތިސޯދަށް ވަންނާނެ އެވެ. މީގެ އިތުރުން އެމްޕީއެލްއިން މި ބޯޓުތަކަށް ހާއްސަކޮށް ވިޔަފާރީގެ 14 ހިދުމަތެއް ދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.