އެ މަސައްކަތަށް މި ފަހަރު އިސްނެގީ ދިވެހި ފިލްމީ އިންޑަސްޓްރީގެ ރަސްގެފާނު "ޑާކްރެއިން" އިންނެވެ.
އައްޑޫ ސިޓީ ހުޅުދޫ ގައި މީހަކު ގެންގުޅުނު ހާލެއް ގެއްލިގެން އެ ހާ ހޯދަން އާންމުންގެ އެހީތެރި ކަމަށް ވަނީ އެދިފަ އެވެ.
ހާ ގެންގުޅުނު މީހާ "މިރާ" އަށް ބުނީ ވަރަށް ލޯބިން ގެންގުޅުނު އެ ހާ ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އެ ހާލަަށް އެ އާއިލާ އިން ދީފައިވާ ނަމަކީ "ފަރީދު" އެވެ.
ހާ ގެއްލިގެން ހޯދައިދޭން އާންމުންގެ އެހީއަށް އެދި އެ މީހުން ވަނީ ޕޯސްޓަރެއް ވެސް ހަދާފަ އެވެ. އަދި ހާލުގެ ފޮޓޯތަކެއް ވެސް ހިމަނާފައިވެ އެވެ. އެ މީހާ ބުނީ ހާލުގެ އެއް ފައިގައި ރަތްކުލައިން ގިރިޓީކޮށްފައިވާ ކެވެލި ކޮޅެއް ވެސް އޮންނާނެ ކަމަށެވެ.
އެ މަސައްކަތަށް މި ފަހަރު އިސްނެގީ ދިވެހި ފިލްމީ އިންޑަސްޓްރީގެ ރަސްގެފާނު "ޑާކްރެއިން" އިންނެވެ. ޑާކްރެއިން އިން ވަނީ އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ފަރީދު ހޯދާ މީހަކަށް ފަރީދާއެކު "ބިބީ" ބަލާލުމުގެ ފުރުސަތު އެބައޮތް ކަން ހާމަކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެެންޓަމައިންޓްގެ އާ ފިލްމް "ބިބީ" ގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހު ސިނަމާއަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ހޮރޯ-ކޮމެޑީ އެކެވެ. ފަސްޓްލޫކުން ފެނިގެން ދަނީ ބިރުވެރި ކަމެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ހެއްވާ/ މަޖާ ކަންތައްތަކަކީ ކޮބައިކަން ބަލައިލަން ޖެހެނީ އިންތިޒާރު ކޮށްލާށެވެ. ދެން މި ފެނުނީ އޮފިޝަލް ޕޯސްޓަރެވެ. ފިލްމަށް އިތުރަށް ޝައުގުވެރި ކުރުވާނެ އެވެ. ފިލްމުގެ ކެރެކްޓާތައް ފެންނަނީ ވަރަށް ތަފާތު ކޮށެވެ. ބިރުގަންނަވާލާނެ ކަން ގައިމެވެ. ހެއްވާ ލާނެ ކަން ވެސް ކަށަވަރެވެ. ތަފާތު ސްކްރީންޕްލޭ އަކަށް ވާނެ ކަމީ ވެސް ޔަގީން ކަމެކެވެ.
ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ. މިވަގުތު ކުރަމުން ދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. ޑާކްރެއިންގެ ފެންވަރު ގައި ފިލްމު ބެލުންތެރީންނަށް ގެނެސް ދިނުމުގެ މަސައްކަތެވެ.
ޒުވާން ރޭޑިއޯ / ޓީވީ ހުށައެޅުންތެރިޔާ އަދި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭ އަކަށް މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވެސް އޭނާ އެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމެވެ.
ފިލްމުގެ ލީޑް ތަރީންނަކީ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މީގެ އިތުރުން ޝީލާ ނަޖީބާއި އަހްމަދު ސައީދު ފަދަ ތަރީން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. ހާއްސަ ރޯލަކުން އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.