އިއްޔެ އެ ކުންފުނީގެ ޕްރޮޕޯސަލުގެ ޕްރެޒެންޓޭޝަން ހުށަހެޅި ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި އެ ވުޒާރާގެ އެހެން މަސްއޫލުވެރިންވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށް ސިންގަޕޫރު ކުންފުންޏަކުން ޕްރޮޕޯޒަލެއް ހުށަހަޅައިފި އެވެ.
ސިންގަޕޫރުގެ ޗީ އެނާޖީ ނަމަކަށް ކިޔާ ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯޒަލުގެ ޕްރެޒެންޓޭޝަނެއް އެ ކުންފުނިން އިއްޔެ މޫސުމީ ބަދަލާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ހިއްސާކޮށްފައިވެ އެވެ.
އިއްޔެ އެ ކުންފުނީގެ ޕްރޮޕޯސަލުގެ ޕްރެޒެންޓޭޝަން ހުށަހެޅި ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި އެ ވުޒާރާގެ އެހެން މަސްއޫލުވެރިންވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ތަބީއީ ގޭސް ހަކަތަ އުފެއްދުމަށް ބޭނުންކުރަނީ ގޭސް ލިކުއިޑް ނުވަތަ ދިޔައި އެއްޗަކަށް ބަދަލުކޮށްގެންނެވެ. އެފަދައިން ގޭސް ބޭނުންކުރުމަށް ބަދަލުކުރުމުން އެއަށް ކިޔަނީ ލިކުއިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެވެ.
އެލްއެންޖީ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަކީ ތެޔޮ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށްވުރެ ތިމާވެއްޓާ ރަށްޓެހި ގެއްލުން ކުޑަ ގޮތެކެވެ.