ލުބުނާނުގައި ޕޭޖަރުތަކެއް ގޮވައި ނުވަ މީހަކު މަރުވެ އެތައް ހާސް ބަޔަކަށް އަނިޔާވެއްޖެ

ހިޒްބުﷲއިން ދެކޭ ގޮތުގައި ޕޭޖަރުތައް ގޮވައިގެން މީހުންނަށް އަނިޔާވުމުގެ ފަހަަތުގައި އޮތީ އިސްރާއީލެވެ. ޕޭޖަރުތައް ގޮއްވައިލީ އިސްރާއީލުންކަމަށް ތުހުމަތުކުރުމާއެކު، އަދުލުވެރި ގޮތުގައި އުންމީދުނުކުރާ ގޮތްގޮތަށް ބަދަލުހިފާނެކަމަށް ބުންޏެވެ.

ލުބުނާނުގައި ޕޭޖަރުތަކެއް ގޮވައި އެތައް ހާސް ބަޔަކަަށް އަނިޔާވެފައިވޭ، ފޮޓޯ: އަނާޟޯލް

މުވާސަލާތުކުރުމަށް ބޭނުންކުރާ ވަޔަލެސް ޑިވައިސެއްކަަމުގައިވާ ޕޭޖަރުތަކެއް ގޮވައި ލުބުނާނުގައި ކުޑަކުއްޖަކު ހިމެނޭހެން ނުވަ މީހުން މަރުވެ އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. 

ލުބުނާނުގެ ހެލްތު މިނިސްޓަރު ފިރާސް އަލްއަބިއާދު އަންގާރަދުވަހު ވިދާޅުވީ ޕޭޖަރުތައް ގޮވުމުގެ ސަބަބުން 2،750 މީހަކަށް އަނިޔާވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން 200 އެއްހައި މީހުން ތިބީ ވަރަށް ނުރައްކާތެރި ފައްތަރެއްގަ އެވެ. 

ލުބުނާނުގެ ބައެއް މީޑިޔާތަކުން ރިޕޯޓުކުރި ގޮތުގައި ޕޭޖަރުތައް ގޮވަން ފެށީ ޕޭޖަރުތަކުގެ މުވާސަލާތީ ނިޒާމުގެ ތެރެއަށް އިސްރާއީލުން ވަދެގަތް ފަހުންނެވެ. 

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲއިން ބުނެފައިވަނީ އެ ޖަމާއަތުގެ ދެ މެންބަރަކު ޕޭޖަރު ގޮވުމުގެ ހާދިސާގައި މަރުވެފައިވާ ކަމށެވެ. އަދި އެ ޖަމާއަތަަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކަށް އެ ހާދިސާގައި އަނިޔާވި ކަމަށެވެ. 

ހިޒްބުﷲއިން ދެކޭ ގޮތުގައި ޕޭޖަރުތައް ގޮވައިގެން މީހުންނަށް އަނިޔާވުމުގެ ފަހަަތުގައި އޮތީ އިސްރާއީލެވެ. އަދި ޕޭޖަރުތައް ގޮއްވައިލީ އިސްރާއީލުންކަމަށް ތުހުމަތުކުރުމާއެކު، އަދުލުވެރި ގޮތުގައި އުންމީދުނުކުރާ ގޮތްގޮތަށް ބަދަލުހިފާނެކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ. 

އިސްރާއީލުން މިހާތަނަށް ލުބުނާނުގައި ޕޭޖަރުތައް ގޮވުމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައިނުވެ އެވެ. 

ނަމަަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެޑްވައިޒަރެއްކަމަށްވާ ޓޮޕާޒް ލުކް އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޕޭޖަރުތައް ގޮވުމުގެ ފަހަތުގައި އިސްރާއީލުގެ އަތެއް އޮތްކަމަށް އިޝާރާަތްކުރެއްވި އެވެ. އޭނާވަނީ ފަހުން އެ ޕޯސްޓު ފޮހެލައްވާފަ އެވެ. 

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބޮޑުވަޒީރުގެ މުޝީރުގެ ޕޯސްޓަށް އިންކާރުކޮށްފައިވެ އެވެ. 

ގިނަ އަދަަދެއްގެ ޕޭޖަރުތަކެއް ގޮވައި ލުބުނާނުގެ ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު ލުބުނާނާއި އިސްރާއީލުގެ ބޯޑަރު ސަަރަހައްދުގައި ހިޒްބުﷲއާއި އިސްރާއީލުގެ މެދުގައި ހަމަލާ ބަދަލުކުރުންވަނީ އިތުރުވެފަ އެވެ. އެއީ އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.