ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިންމާލައިފި

އެ މަޝްރޫއުގެ ދަށުން ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު ތިނަދޫގެ 19 މަގެއްގައި 7.8 ކިލޯ މީޓަަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވެ އެވެ.

ގދ.ތިނަދޫގެ މަގުތަައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ހިންގި މަޝްރޫއު ނިންމާލައިފި އެވެ. 

ފާއިތުވި އެމްޑީޕީ ސަރުކާރުގައި 2022 ވަނަ އަހަރު ފެށި މި މަޝްރޫއަކީ 78.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާރުޑީސީއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. 

އެ މަޝްރޫއުގެ ދަށުން ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު ތިނަދޫގެ 19 މަގެއްގައި 7.8 ކިލޯ މީޓަަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވެ އެވެ. 

އާރްޑީސީން ތިނަދޫ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި އެ ރަށުން ޖުމްލަ 64 މީހަކު ވަޒީފާއަށް ނަގައިގެންނެވެ. 

އެންމެ ފުރަތަމަ ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއިރުގެ ހައުސިން މިނިސްޓަރު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. 

އެ ސަރުކާރުގައި މާލެއިން ބޭރުގައި އެއް ރަށެއްގައި އުމްރާނީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވާ އެއް ރަށަކީ ތިނަދޫ އެވެ. 

އެގޮތުން ތިނަދޫގެ ބިން ހިއްކުމާއި، އެރަށުގައި މިއުޒިއަމެއް ބިނާކުރުމާއި އިސްލާމީ މަރުކަޒެއް ގާއިމުކުރުން ފަދަ މުހިއްމު ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.