އެކަމުގެ އިތުރު ތަފުސީލު ދެއްވަމުން ނަޝީދު ވިދާޅުވީ ފާއިތުވި 2023 ވަނަ އަހަރު ދަރަންޏަށް ފައިސާ ދޫކުރި އަމިއްލަ ފަރާތްތަކުން ފަގީރު ގައުމުތަކަށް ދޫކުރި ފައިސާއަށްވުރެ އިތުރަށް 68 ބިލިއަން ޑޮލަރު އެ ގައުމުތަކުން ނަގާފައިވާ ކަމަަށެވެ.
ބައިނަލްއަގުވާމީ މާލީ ނިޒާމަށް ފާޑުވިދާޅުވެ، މާލީ އިދާރާތަކުން ފަގީރު ދައުލަތްތަކަށް ފޯރުކޮށްދޭ އެހީއާ ނުބައްދަލު އަދަދެއްގެ ފައިސާ އަތުލަމުންދާ ކަމަށް ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ މާލީ ނިޒާމުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ގައުމުތަކާ ދުތައް ފަންޑު ނުވަތަަ ފައިސާ ގެންދާ ކަމަށެވެ.
އެކަމުގެ އިތުރު ތަފުސީލު ދެއްވަމުން ނަޝީދު ވިދާޅުވީ ފާއިތުވި 2023 ވަނަ އަހަރު ދަރަންޏަށް ފައިސާ ދޫކުރި އަމިއްލަ ފަރާތްތަކުން ފަގީރު ގައުމުތަކަށް ދޫކުރި ފައިސާއަށްވުރެ އިތުރަށް 68 ބިލިއަން ޑޮލަރު އެ ގައުމުތަކުން ނަގާފައިވާ ކަމަަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ މާލީ މުއައްސަސާތަކުން ފަގީރު ދައުލަތްތަކަށް ފާއިތުވި އަހަރު ފޯރުކޮށްދިން މާލީ އެހީތެރިކަމުގެ ޖުމްލަ އަގަކީ 2 ބިލިއަން ޑޮލަރުކަމަށްވާއިރު އެ އަހަރު ފަގީރު ގައުމުތަކުން 40 ބިލިއަން ޑޮލަރު އެ މުއައްސަސާތަކުން ހޯދާފައިވާ ކަމަށެވެ.
The global financial system diverts funds from the countries that need them most. In 2023, int private lenders collected $68 billion more in repayments from poor countries than they lent, and financial institutions extracted $40 billion, while net assistance was just $2 billion.
— Mohamed Nasheed (@MohamedNasheed) September 17, 2024
ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވަމުންދިއުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދަރަނި އަލުން އެކުލަވައިލެއްވުމަށް ފާއިތުވި ފަސް އަހަރު ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ލީޑަރެކެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ރާއްޖެއަށް ދަރަނީގެ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ދަރަނި ރިސްޓްރަކްޗާކޮށް ދަރަނި އަދާކުރުމުގެ މުހުލަތުތައް ފަސްކުރުމާއެކު، ދަރަނީގެ އިންޓަރެސްޓު ކުޑަކުރުމެވެ.
އެމަނިކުފާނު ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ތުއްޕުޅުއިރުގެ އެކުވެރިޔާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ މެދުގައި އުފެދުނު ދެބަސްވުމާއި އެމަނިކުފާނު އިސްކޮށް ހުންނެވި އެމްޑީޕީ ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމާ ހަމައަށް ދިޔަ އެއް ސަބަބަކީ ދަރަނީގެ މައްސަލާގައި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމެވެ.
އޭގެ އިތުރަށް ރައީސް ނަޝީދު ގެންދަވަނީ މޫސުމީ ބަދަލުތަކުން އަސަރުކުރާ ގައުމުތަކަށް ފައިސާ ދިނުމުގައި ހާއްސަ ލުއިތަކެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުންނެވެ.