އައިޔޫއެމްގައި ތިން ބަހުން މުހާތަބު ކުރާ ކޯލް ސެންޓަރެއް

އައިޔޫއެމް އިން ތައާރަފް ކުރި މި ކޯލް ސެންޓަރުގައި ދިވެހި، އިނގެރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މައުލުމާތު ހޯދުމަށް ގުޅާ އެހެނިހެން ފަރާތްތަކާ މުހާތަބު ކުރާނެ އެވެ.

އައިޔޫއެމް ކޯލް ސެންޓަރު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ތިން ބަހުން މުހާތަބު ކުރާ ކޯލްސެންޓަރެއް ގާއިމްކޮށްފި އެވެ.

މި ކޯލް ސެންޓަރަކީ ތިން ބަހުން މުއާމަލާތްކުރާ ދިވެހިރާއްޖޭގެ ފުރުތަމަ ކޯލް ސެންޓަރެވެ. އައިޔޫއެމް އިން ތައާރަފުކުރި މި ކޯލް ސެންޓަރުގައި ދިވެހި، އިނގެރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މައުލުމާތު ހޯދުމަށް ގުޅާ އެހެނިހެން ފަރާތްތަކާ މުހާތަބު ކުރާނެ އެވެ.

އައިޔޫއެމް އިން ބުނީ މި ކޯލް ސެންޓަރަށް ގުޅޭނީ އައިޔޫއެމްގެ ހޮޓްލައިން ކަމުގައިވާ 1405 މެދުވެރިކޮށް ކަމަށެވެ.

މި ކޯލްސެންޓަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އެ ޔުނިވާސިޓީން ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މޯލްޑިވިސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު، ޝަރީފް މުހައްމަދެވެ.

އައިޔޫއެމްގެ ބައެއް މޮޑިއުލްތައް މިހާރު ވެސް އަރަބި ބަހުން ކިޔަވައިދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.