ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރަން ރުހުން ދީފި

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު ވަނީ ވޯޓަށް އަހާފަ އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރުމަށް ރުހުން ދީފައި ވަނީ 85 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އައްބާސް ޝަރީފް: ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރަން މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އޭނާ ޕީޖީގެ މަގާމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގެ ވޯޓު މަޖިލީހުގެ ތަޅުމުގައި ނަގައި ޕީޖީކަމުން ޝަމީމު ދުރުކުރަން މަޖިލީހުން ފާސްކުރި އެވެ.

ޕީޖީގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފޮނުއްވާފައިވަނީ އައްބާސްގެ ނަންފުޅެވެ. 

އެ މަގާމަށް އައްބާސް އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް، އިއްޔެ ވަނީ އޭނާ ކޮމެޓީއަށް ހާޒިރުކޮށް އިންޓަވިއުކޮށްފަ އެވެ. ކޮމެޓީން ވަނީ އައްބާސަށް 93.91 ޕަސެންޓް މާކްސް ދީފަ އެވެ. އަދި ކޮމެޓީގެ އިއްތިފާހުން އޭނާ އެ މަގާމަށް އައްޔަނު ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު ވަނީ ވޯޓަށް އަހާފަ އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރުމަށް ރުހުން ދީފައި ވަނީ 85 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވޯޓް ދިން މެންބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.

އިއްޔެ އިންޓަވިއުގައި ވާހަކަ ދައްކަވަމުން އައްބާސް ވަނީ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެއްވެސް ނުފޫޒަކަށް އަދި އެއްވެސް މީހެއްގެ ބިރަކަށް ނުލެނބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. ޕްރެޝަރު އައިސްގެން މަގާމުން އިސްތިއުފާ ވެސް ނުދެއްވާނެ ކަމަށް ވަރަށް ޔަގީންކަމާއެކު އޭނާ ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.