އައްބާސް ޝަރީފު ޕީޖީކަމަށް އައްޔަަންކުރުމަށް ރުހުން ދިނުން މިއަދު އޮންނާނެ

ކޮމިޓީން އެކުލަވައިލި ރިޕޯޓު އިއްވަވަމުން ހުސްނީ ވިދާޅުވި ގޮތުގައި އެއްބާސްއަށް 93.91 އިންސައްތަ މާކްސް ލިބިވަޑައިގެންފައިވެ އެވެ. އަދި ޖުޑީޝަރީ ކޮމިޓީންވަނީ އައްބާސް ޕީޖީކަމަށް އައްޔަންކުރުމަށް ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފަށް ރުހުން ދިނުމާމެދު މަޖިލީހުން ގޮތެއް ނިންމުން އޮންނާނެ އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އޭނާ ޕީޖީގެ މަގާމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގެ ވޯޓު މަޖިލީހުގެ ތަޅުމުގައި ނަގައި ޕީޖީކަމުން ޝަމީމު ދުރުކުރަން މަޖިލީހުން ފާސްކުރި އެވެ. 

ޕީޖީގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ މަގާމަށް އައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފޮނުއްވާފައިވަނީ އައްބާސްގެ ނަންފުޅެވެ. 

އައްބާސްގެ ނަންފުޅު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީންވަނީ އައްބާސްއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފަ އެވެ. ނަމަވެސް އެކަމަށް ހުޅުވައިލި ފުރުސަތުގައި މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން އޭނާއާމެދު ޝަކުވާއެއް މަޖިލީހަށް ހުށަހަޅާފައިނުވާކަމަށް ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވި އެވެ. 

އެއަށްފަހު ކޮމިޓީންވަނީ އައްބާސްއާ އިންޓަވިއުކޮށް އެ އިންޓަވިއުގެ އަލީގައި އޭނާއަށް މާކްސްވެސް ދީފަ އެވެ. ކޮމިޓީން އެކުލަވައިލި ރިޕޯޓު އިއްވަވަމުން ހުސްނީ ވިދާޅުވި ގޮތުގައި އެއްބާސްއަށް 93.91 އިންސައްތަ މާކްސް ލިބިވަޑައިގެންފައިވެ އެވެ. އަދި ޖުޑީޝަރީ ކޮމިޓީންވަނީ އައްބާސް ޕީޖީކަމަށް އައްޔަންކުރުމަށް ފާސްކޮށްފަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރަން ކޮމިޓީން ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. 

ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.

ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނު ތަމްސީލު ކުރެއްވި އެއް ބޭފުޅަކީވެސް އައްބާސެވެ.

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި އަނބުރުގެ ދައުވާގެ މައްސަލާގައިވެސް ވަކީލެއްގެ ގޮތުގައި އައްބާސް މަސައްކަތް ކުރެއްވި އެވެ. އޭގެ އިތުރަށް އައްބާސަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ. އައްބާސް ޝަރީފު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.