އެހީގެ ގޮތުގައި ސޯޅަ ޖަމިއްޔާއަކަށް ތިން މިލިއަން ރުފިޔާ ދީފި

ރަައީސް އޮފީހުގެ ތަރުޖާން ހީނާ ވަލީދު، ވިދާޅުވީ 16 ޖަމިއްޔާއަކަށް ތިން މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. ޖަމިއްޔާތައް ކަނޑައެޅީ ގޮތެއް ވިދާޅެއް ނުވެ އެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)

ޖަމިއްޔާތަކަށް މާލީ އެހީ ދޭން ނިންމި ނިންމުމުގެ ތެރެއިން 16 ޖަމިއްޔާއަކަށް އެހީ ދީފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޖަމިއްޔާތަކަށް މާލީ އެހީ ދޭން ނިންމާ އެ ފުރުސަތު ހުޅުވާލީ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރަގްރާމް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޖަމިއްޔާތަކަށް އެހީތެރިވުމެވެ. މި ޕްރަގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމާއި އެ މިނިސްޓްރީގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ޖަމިއްޔާތަކަށް ދޭނެ އެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ޓެކްނިކަލް އެހީތެރިކަން ވެސް ދޭނެ އެވެ.

އެހީ އަށް އެދި ޖެހޭނީ ޕްރޮޕޯސަލެއް ހުށައަޅާށެވެ. މާލީ އެހީތެރިކަން ދޭނީ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެސް ބަޔަކަށް "ހަމަ ހުރެފައި އެހީތެރިކަން ނުދޭނެ" އެވެ. ވަރަށް ރަނގަޅު އުސޫލެއް އެކުލަވާލާފައިވާއިރު އެހީ ވެދޭ ޖަމިއްޔާތަކުގެ މަސައްކަތްތައް ވެސް ބަލާނެ އެވެ.

"ހުށައަޅަން ޖެހެނީ ޕްރޮޕޯސަލް އެއް. ދެން އަޅުގަނޑުމެން މިކޮޅުން އިވެލުއޭޓް ކޮށްފައި -- ދެން ގަބޫލު ކުރައްވާނެ އަޅުގަނޑުމެންގެ އަތުގައި މާބޮޑު ބަޖެޓެއް އޮތީކީއެއް ނޫން. ނަމަވެސް އޮތް ވަރަކުން އަޅުގަނޑުމެން މި ބަލަނީ ހުރިހާ ބޭފުޅުންނަށް ވެސް މި އެހީތެރިކަން ދެވޭތޯ،" މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ.

ރަައީސް އޮފީހުގެ ތަރުޖާން ހީނާ ވަލީދު، މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވިދާޅުވީ 16 ޖަމިއްޔާއަކަށް ތިން މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. ނަމަވެސް ޖަމިއްޔާތައް ކަނޑައެޅި ގޮތެއް ވިދާޅެއް ނުވެ އެވެ. އެކަމަށް އެދި ހުށައެޅީ ކިހާ ޖަމިއްޔާއެއް ކަމެއް ވެސް ވިދާޅެެއް ނުވި އެވެ.

އެދިވަޑައިގަތީ އެ ހުރިހާ މައުލޫމާތެއް މިނިސްޓްރީ މެދުވެރިކޮށް ހޯދުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.