"ވަކީލުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަން ބަޖެޓުގެ ތާށީކަން އެބަހުރި"

"އެހެންވީމަ ވަކީލުންގެ ފެންވަރު މަތިވާވަރަކަށް، ވަކީލުންގެ މަސައްކަތް ގާބިލް ކުރެވޭ ވަރަކަށް އަދުލު އިންސާފު ގާއިމް ކުރުމުގަ ކޯޓުތަކަށް ވެސް ފަސޭހަވެގެން ދާނެ އަދި އަވަސްވެގެން ވެސް ދާނެ،" ސިރާޖު ވިދާޅުވި އެވެ.

ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު --

ވަކީލުންގެ ފެންވަރު މަތިކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި އަދި އެހެނިހެން މަސައްކަތްތައް ކުރުމަށް ބަޖެޓުގެ ދަތިކަން ވަރަށް ބޮޑު ކަމަށް ބާ ކައުންސިލްގެ ރައީސް، ގާނޫނީ ވަކީލް ހުސައިން ސިރާޖު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސިރާޖު ވިދާޅުވީ ވަކީލުންނަށް ބޭނުންވާ އެކި ހުނަރުތަކާއި ތަމްރީނުތައް ހިންގުމަށް ބަޖެޓުގަ ގޮންޖެހުންތައް އެ ކައުންސިލަށް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން، ވަކީލުންގެ އެޑްވޮކެސީ ސްކިލްސް ރަގަޅު ކުރުމާއި މެމްބާޝިޕް އެންގޭޖްމެންޓްތައް ކުރިއަށް ގެންދިއުމާއި އަދި ކޯޓަށް ހުށަހަޅާ ގާނޫނީ ލިޔުންތައް ތައްޔާރު ކުރުމުގެ ހުނަރު ކަމަށް ވިޔަސް، މިފަދަ ކަންކަން ހިންގަން ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރާޖު ފާހަގަކުރެއްވީ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި ވަކީލުން ހުވާ ކުރުމުގެ ޖަލްސާގައި ހައިކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދު ދެއްކެވި ވާހަކަފުޅުން ތަންކޮޅެކެވެ. އެއީ، އަދުލު އިންސާފު ގާއިމް ކުރުމަކީ ހަމައެކަނި ޝަރީއަތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ވަކީލުންގެ އެހީތެރިކަން ވެސް ވަރަށް ބޮޑުކަމަށް ފަނޑިޔާރު ވިދާޅުވި ވާހަކަފުޅެވެ.

"އެހެންވީމަ ވަކީލުންގެ ފެންވަރު މަތިވާވަރަކަށް، ވަކީލުންގެ މަސައްކަތް ގާބިލް ކުރެވޭ ވަރަކަށް އަދުލު އިންސާފު ގާއިމް ކުރުމުގަ ކޯޓުތަކަށް ވެސް ފަސޭހަވެގެން ދާނެ އަދި އަވަސްވެގެން ވެސް ދާނެ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަކީލުންގެ ތެރޭގައި އަލަށް ގުޅޭ ވަކީލުންނާއި އަދި މި ފަންނުގައި ގިނަ ދުވަސްވީ ވަކީލުންވެސް ބާ ކައުންސިލްގެ ކަންތައްތަކުގަ ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.