އެ މައްސަލައާ ގުޅިގެން ނިމިދިޔަ ބުދަދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި މި މީހާގެ މައްޗަށް ވަރަށް ސީރިއަސް ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީގޯނާކުރި މީހަކު ދެކުނުގެ ފުވައްމުލަކު ސިޓީން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އެ ހިދުމަތުގެ ސަމާލުކަމަށް ގެނައީ އޭޕުރީލު 14 ވަނަ ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން ނިމިދިޔަ ބުދަދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
އަދި މި މައްސަލާގައި ޖިންސީ އަނިޔާގެ ޝިކާރައަށްވީ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށްވާތީ އެ މައްސަލައާމެދު ފުލުހުން އަމަލުކުރަމުންދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާމެދު އަމަލުކުރާ އުސޫލުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"ޖިންސީ އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށްވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައެއްސަލައެއް ގޮތުގައި،" ފުލުހުން ބުންޏެވެ.
ކުޑަކުދިންނާ ގުޅުންހުރި ސީރިއަސް މައްސަލަތަކުގައި ފުލުހުން އަމަލުކުރާ އުސޫލުގެ ތެރެއިން މި މައްސަލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހާއަކީ ކާކުކަން ހާމަނުކުރުމުގެ ގޮތުން ހާދިސާ ހިނގި ރަށާއި، ޝިކާރައަކަށްވީ މީހާގެ ވަނަވަރާއި، ޖިންސީ ގޯނާކުރުމުގެ ތުހުމަތުވާ މީހާގެ ވަނަވަރުވެސް ފުލުހުން ހާމަނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި މި މީހާގެ މައްޗަށް ވަރަށް ސީރިއަސް ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ.