ފުވައްމުލަކުގައި ގައި މައްޗަށް ބިއްލޫރި ޝީޓުތަކެއް ވެއްޓި 4 މީހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވީ ދޯނިން އެ ބިއްލޫރި ޝީޓުތައް ބާލަން އުޅުނު ދެ ބިދޭސީއަކަށާއި ދެ ދިވެހިންނަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ގޮސް ބަޔަކަށް އަނިޔާވި ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ

ފުވައްމުލަކު ބަނދަރުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅުނު ބައެއްގެ ގައި މައްޗަށް އެ ޝީޓުތައް ވެއްޓި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ. 

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިޔޯތަކެއް ސޯޝަލް މީޑިޔާގައި ދައުރުވެފައިވެ އެވެ. އެ ވީޑިޔޯތަކުން ފެންނަނީ ބިއްލޫރި ޝީޓުތައް ތަޅައިގެން ގޮސްފައިވާތަނާއި ވެއްޓި ޒަހަމްވެފައި އޮތް މީހަކަށް އެހީތެރިވުމަށް އާންމުން ހަރަކާތްތެރިވާ މަންޒަރެވެ. 

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވީ ދޯނިން އެ ބިއްލޫރި ޝީޓުތައް ބާލަން އުޅުނު ދެ ބިދޭސީއަކަށާއި ދެ ދިވެހިންނަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މިއަދު ހެނދުނު 9:32 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި ހަތަރު މީހުން އެ ސިޓީ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ. 

އިތުރަށް ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއިން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.