ރާއްޖެއަށް މަސްތުވާތަކެތި އތެރެކޮށް، ތްރެފިކް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލް ރައްޔިތެއް ކަމަށްވާ ރަޖްބަންށި ޗަތްރަ ބަހާދުރަ 39އ، އާއި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޒަހިދު މުހައްމަދު 24އ، އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އތެރެކޮށް، ތްރެފިކް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލް ރައްޔިތެއް ކަމަށްވާ ރަޖްބަންށި ޗަތްރަ ބަހާދުރަ 39އ، އާއި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޒަހިދު މުހައްމަދު 24އ، އެވެ.
މި ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ޕާކިސްތާނުން ޒަހިދު މުހައްމަދު ރާއްޖެ އައި އިރު އޭނާ ވަނީ މަސްތުވާތަކެތީގެ 60 ބުލެޓު ދިރުވާލާފަ އެވެ. އަދި މަސްތުވާތަކެތި ހުރި ދަބަހެއް ރަޖްބަންށި ވަނީ ހަވާލުވެފަ އެވެ.
ދިރުވާފައިވަނީ މަސްތުވާތަކެތިކަން ޒަހިދު އަށް ނޭނގޭ ކަމަށާއި އެއީ ބަޔަކު އޭނާ އަށް ބިރު ދައްކައިގެން އޭނާ ލައްވައި ކުރުވި ކަމެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ. އަދި މި މައްސަލައިގައި ހިމެނޭ ދަބަަހަކީ ރަޖްބަންށި އާ މީހަކު ހަވާލު ކުރި ދަބަހެއް ކަމަށާއި އެ ދަބަސް އޮތް ތަން ބުނެފައިވަނީ އޭނާ އަމިއްލަޔަށް ކަމަށް ފުލުހުންގެ ބަޔާނާއި ހަވާލާދީ އަމުރުގައި ވަނީ ބުނެފައިވެ އެވެ.
ޒަހިދުގެ ހަށިގަނޑުން ފެނުނު 60 ބުލެޓާއި މި ދަބަހުން ފެނުނު މަސްތުވާތަކެތި ޓްރެފިކިން މިންގަނޑަށް ފެތޭ ކަމަށްވެސް އަމުރުގައި ވަނީ ބުނެފަ އެވެ. އަދި މިއީ ގިނަ ބަޔަކު ބަިއވެރިވެގެން އިންތިޒާމުވެގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި މިހާރު މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، އެ އޮފީހުން ބަލައިގަނެފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެ އޮފީހުން ވަނީ އެދިފަ އެވެ. އެކަމަކު މި ދެ މީހުންގެ ބަންދަށްވެސް ކޯޓުން ޖަހާދީފައިވަނީ 20 ދުވަހެވެ.