ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރީ ޖުމްލަ ހަތް މީހުންނެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަން ގެންދިއުމުން އެކަކު ފިޔަވައި އެންމެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވެ އެވެ.
ނ.ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައެއް ގޭގެ ބަލައިފާސްކޮށް 1.5 ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދައި، ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 12 ވަނަ ދުވަހު އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ވެލިދޫގެ ބައެއް ގެތައް ފުލުހުން ބަލައިފާސްކުރި އެވެ. އަދި އެގެތަކުން 1،547.44 ގުރާމުގެ ބަރުދަން ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
މަސްތުވާތަކެތީގެ އިތުރަށް އެ އޮޕަރޭޝަނުގެ ތެރެއިން 50،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރު ފެނުނުކަމަށްވެސް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިނެވެ.
ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރީ ޖުމްލަ ހަތް މީހުންނެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަން ގެންދިއުމުން އެކަކު ފިޔަވައި އެންމެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި މީހާ ފިޔަވައި، ބާކީތިބި ހަ މީހުންގެ ތެރެއިން އެކަކު އަށް ދުވަހަށް ބަންދުކުރަން އަދި ބާކީ ތިބި ފަސް މީހުން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ އިތުރުން ބައެއް މީހުން މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ކަމަށެވެ.
މި މައްސަލާގައި ބަންދުކުރި ހަ މީހުންގެ ތެރެއިން އަށް ދުވަހަށް ބަންދުކުރީ ނ.ވެލިދޫ ހުދުފިނިފެންމާގޭ އަހްމަދު އަރުޝަދެވެ.