ސަފާރާތަކަށާއި ސިޔާސީ މަގާމުތަކަށް ވަރަށް ގިނައިން އައްޔަންކުރަނީ "ކުނިބުނި": ޔާމީން

"އެކި ތަންތަނަށް އެމްބަސީތަކާއި މިތަންތަނަށް ދާއިރު [ފޮނުވަނީ] "އަ ލޮޓް އޮފް ޓްރޭޝް" އިނގޭތޯ. މިއީ ދުނިޔޭގައި ކެރިއާ މީހުންނާއެކު ވާހަކަދައްކަން ދިވެހިރާއްޖޭގެ މޫނު ބަލާ ލޯގަނޑުގެ ގޮތުގައި ފޮނުވާ މީހުންނަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޖަލު ހުކުމް ބާތިލު ކުރައްވާ މިނިވަންވެވަޑައިގަތުމުން ރައީސް ޔާމީން ޕީއެންއެފްގެ އޮފީހުގައި: ރައީސާ ގުޅުމެއް ނެތް ސަބަބު ސާފުކޮށް ދެއްވި -- ފޮޓޯ: ޔާމިން މުޙައްމަދު |ދަ މިރާ

ބޭރު ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކަށް ފެންވަރު ނެތް ބޭފުޅުން އައްޔަންކުރައްވާކަމަށް ވިދާޅުވެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ. 

ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި އެ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ރައްޔިތުން ސިއްސައިގެންދާވަރުގެ ގާބިލު ކެބިނެޓެއް އެކުލަވައިލައްވަން ކަމަށެވެ. 

އިލްމީ ގޮތުންނާއި އަމަލީ ގޮތުންވެސް ގާބިލު ކަމަށް އެކަށީގެންވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކެބިނެޓެއް އެކުލަވައިލައްވާނެކަމަށް ވިދާޅުވި ނަމަވެސް ރައީސް މުއިއްޒުގެ ކެބިނެޓަކީ އެފަދަ ގާބިލު ކެބިނެޓެއް ނޫންކަމަށް ޔާމީން ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވި ގޮތުގައި އިއްޔެ އޭލެވެލްއިން މަތީ ފާސް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރީ ސަފުގައި ކެބިނެޓުގެ ވަޒީރުން ތިއްބެވިއިރު އޭގެ ތެރޭގައި ރަނގަޅަށް އިނގިރޭސިބަހުން ވާހަކަދައްކަވަން އެނގިވަޑައިނުގަންނަވާ ބޭފުޅުން ތިއްބެވި އެވެ. 

ޕާޓީތަކަށް ފާޑުވިދާޅުވެ ރައީސް ޔާމީން ފާހަގަކުރެއްވީ ޕާޓީތަކުގެ ފަރާތުން ދައުލަތުގެ މުހިއްމު ޒިންމާދާރު މަގާމުތަކަށް ކުރިމަތިލައްވާ ވަރަށް ގިނަ ބޭފުޅުންނަކީ އެ މަގާމުތަކަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް ނުވާ ކަމެވެ. 

މި ސަރުކާރުގެ ކެބިނެޓުގައި ރަނގަޅު ބޭފުޅުން ތިއްބެވި ނަމަވެސް ކެބިނެޓުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ އިނގިރޭސިބަހުން ވާހަކަދައްކަވަން އެނގިވަޑައިނުގަންނަވާ ބޭފުޅުންކަމަށާއި، އެއިން ބައެއް ބޭފުޅުން ވާހަކަފުޅުދެއްކެވުމުން ދިވެހިރާއްޖެއަށް ކުރިމަތިވަނީ ލަދުވެތިކަން ކަމުގައި ޔާމީން ވިދާޅުވި އެވެ. 

ރާއްޖޭގެ ފަރާތުން ދުނިޔޭގެ ގައުމުތަކުގެ ކެރިއާ ޑިޕްލޮމެޓުންނާ މުއާމަލާތްކުރަން އެމްބަސީތަކަށް ފޮނުވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ވަރަށް ގިނައިން ތިއްބެވީ "ކުނިބުނި"ކަމަށް ވިދާޅުވެ އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ރައީސް ޔާމީން ހާމަކުރެއްވި އެވެ. 

"އެކި ތަންތަނަށް އެމްބަސީތަކާއި މިތަންތަނަށް ދާއިރު [ފޮނުވަނީ] "އަ ލޮޓް އޮފް ޓްރޭޝް" އިނގޭތޯ. މިއީ ދުނިޔޭގައި ކެރިއާ މީހުންނާއެކު ވާހަކަދައްކަން ދިވެހިރާއްޖޭގެ މޫނު ބަލާ ލޯގަނޑުގެ ގޮތުގައި ފޮނުވާ މީހުންނަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.