ބަންކަރިން ހިދުމަތަށް ބޭނުންވާ ދެވަނަ އުޅަނދުވެސް ގެނެސްފި

އެސްޓީއޯއިން ގެންނަ 4،000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މި މަހުގެ 9 ވަނަ ދުވަހު ގެނެސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާއިރު، މިއަދު ދެވަނަ ބޯޓުވެސް ގެނެސް އެ ސިޓީގައި ބަނދަރުކޮށްފައިވެ އެވެ.

ބަންކަރިން ހިދުމަތް ފެށުމަށް ގެނައި ބޯޓު، ފޮޓޯ: އެސްޓީއޯ

އުތުރުގައި ފެށުމަށް ނިންމާފައިވާ ބަންކަރިން ހިދުމަތް ދިނުމަށް ބޭނުންވާ ދެވަނަ އުޅަނދު ގެނެސް ކުޅުދުއްފުށީގައި ބަނދަަރުކޮށްފި އެވެ. 

ރާއްޖޭގައި އޮފްޝޯ ބަންކަަރިން ހިދުމަތް ފެށުމަށް އެސްޓީއޯއާއި ދުނިޔޭގެ އެންމެ ބޮޑު އަމިއްލަަ ތެޔޮ ކުންފުނިކަމަށްވާ ވިޓޯލްއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އެ ހިދުމަތް ދިނުމަށް އެސްޓީއޯއިންވަނީ ދެ ބޯޓު ގެންނަން ނިންމާފަ އެވެ. 

އެސްޓީއޯއިން ގެންނަ 4،000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މި މަހުގެ 9 ވަނަ ދުވަހު ގެނެސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާއިރު، މިއަދު ދެވަނަ ބޯޓުވެސް ގެނެސް އެ ސިޓީގައި ބަނދަރުކޮށްފައިވެ އެވެ. 

ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ފަހަރަށް މި ބޯޓުތައް މެދުވެރިކޮށް ބޯޓަކަށް ތެޔޮ ވިއްކަން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. 

ބަންކަރިން ހިދުމަތް ފެށުމަށް ވިޓޯލްއާއެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކުރީ ފާއިތުވި މާޗު މަހު އެވެ. އޭގެ ފަހުން އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެސްޓީއޯއާއި އެމްޕީއެލްއިން ގުޅިގެން އަންނަނީ ކުރަމުންނެވެ. 

ސަރުކާރުން އަންދާޒާކުރާ ގޮތުގައި ބަންކަރިން ހިދުމަތް ފެށުމުން ފުރަތަމަ އަހަަރުވެސް ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަށް އަލަށް 400 މިލިއަން ޑޮލަރު އިތުރުވާނެ އެވެ. 

މެރިޓައިމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބަންކަރިން ހިދުމަތް ފެށުމުން އިތުރު ބައެއް ހިދުމަތްތައްވެސް އެ ސަރަހައްދުގައި ފެށި، ސަރުކާރުން އަންދާޒާކުރާ މިންވަރަށްވުރެ ބޮޑު އާމުދަނީއެއް ދިވެހިރާއްޖެއަށް ވަންނާނެ އެވެ. އަދި ޖީޑީޕީއަށް ވަންނަ ފައިސާގެ އަދަދު އަންދާޒާއަށްވުރެ މަތިވާނެ އެވެ. 

އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. ސަރުކާރުން ބުނި ގޮތުގައި އަމާޒަކީ އޭގެ ތެރެއިން އެއް އިންސައްތަ ބޯޓަށް ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.