ފުއާދުގެ ދައުރު ހަމަވަނީ، އީސީގެ މެންބަރު ކަމަަށް ހުޅުވާލައިފި

ފުއާދަކީ ކޮމިޝަންގެ ރައީސްގެ ދެ ފަހަރު ކުރައްވާފައިވާ އިންތިހާބާ ގުޅޭ ކަންކަމުގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.

ފުއާދު ތައުފީގުގެ ބަޔޮގްރަފީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެދުމަށް އަރުވަނީ

އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. 

ދައުރު ހަމަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އެވެ.

ރައީސް އޮފީހުން ބުނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ސެޕްޓެންބަރު 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދުދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަަށް ވެސް ބުންޏެވެ.

ފުއާދުގެ ދައުރު ހަމަވާން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ފުއާދަކީ ކޮމިޝަންގެ ރައީސްގެ ދެ ފަހަރު ކުރައްވާފައިވާ އިންތިހާބާ ގުޅޭ ކަންކަމުގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.