މައިކްރޮސޮފްޓް 365 އެޕް އާކޮށް ވިންޑޯޒަށާއި މޮބައިލަށް

މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ވެބަށް މިސްރާބުޖެހުމުގެ ސަބަބުން މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރުން ވަނީ ވަރަށް ފަސޭހަވެފަ އެވެ. ހަގީގީ ވާދަވެރިއެއް ނެތް މި އެޕްލިކޭޝަންތަކުން އާންމު މީހަކު ވިސްނާފައި ނުވާހާ ގިނަ ފަސޭހަތައް ވަނީ އެއްތަން ކޮށްދީފަ އެވެ.

މައިކްރޮސްޓް 365 ވަކި އެޕްލިކޭޝަނަކަށް ބަދަލުވުމުން އާ އައިކަނެއް އުފަންވާނެ

މައިކްރޮސޮފްޓް 365 އެޕް އާކުރަން މަސައްކަތް ކުރަމުން ގެންދާ ވާހަކަ އެ ކުންފުނިން ބުނެފި އެވެ. މައިކްރޮސޮފްޓް އިގްނައިޓް 2022 ކޮންފަރެންސްގައި އިތުރު ތަފުސީލު ހާމަކޮށް މި އުފެއްދުންތައް ބޭނުން ކުރާ މީހުންނަށް ވަނީ އުފާވެރިކަން ގެނެސްދީފަ އެވެ.

މައިކްރޮސޮފްޓް 365 އެޕްގައި ހިމެނޭ އާންމު އެޕްލިކޭޝަންތަކަކީ މައިކްރޮސޮފްޓް ވޯޑް، އެކްސެލް، އައުޓްލުކް، ޕަވާޕޮއިންޓް އަދި ޓީމް އެވެ. އެކަމަކު 365 އެޕްލިކޭޝަންތައް ލިސްޓް މިހިސާބަކުން ނުނިމެ އެވެ.

އާ އެޕްލިކޭޝަން ތައާރުފުކުރާ އެކު މިހާރު ވިންޑޯޒާއި މޮބައިލް އަދި ވެބްގައި ބޭނުންކުރެވޭ 365 ލޭއައުޓް މުޅިން ގެއްލިގެން ދާނެ އެވެ. ހުރިހާ އެޕްލިކޭޝަނެއް ޒަމާނިވެ ބޭނުންކުރަން ފަސޭހަވެގެން ދާނެ އެވެ.

މައިކްރޮސޮފްޓް 365 ވަކި އެޕެއް ގޮތުގައި ތައާރުފުވުމުން މި ޕްލެޓްފޯމް މިހާރު ވެސް ބޭނުންކުރާ މީހުންނަށް ލައްކަ ފަސޭހަވާނެ އެވެ. އެޕްލިކޭޝަންތަކުގެ މެދުގައި އުފެއްދުންތެރިކަން ވަރަށް ބޮޑުތަން ފަސޭހަވާނެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

މައިކްރޮސޮފްޓް 365 ގައި އަލަށް ގާއިމުކުރާ އެންމެ ހިތްގައިމު ފީޗާއަކަށް ޑޮކިޔުމަންޓްތައް ޓެގް ކުރެވުން ހިމެނެ އެވެ.

މައިކްރޮސޮފްޓްގެ އުންމީދަކީ ވާދަވެރިއެއް ނެތް ވަރު ކުރުމެވެ. އެ ގޮތުން ވަކި ސްޓޯރޭޖް ޑިވައިސްއަކަށް ބަރޯސާކުރަން ނުޖެހި -- ސީދާ ވެބުން ވިންޑޯޒް ލޯޑްކުރެވޭ ގޮތް ވިންޑޯޒް ބޭނުންކުރާ ހުރިހާ މީހުންނަށް ހުޅުވާލަން ވަނީ ވިސްނާފަ އެވެ.

މައިކްރޮސޮފްޓް ވޯޑާއި އެކްސެލް އަދި ޕަވާޕޮއިންޓް އެއް އެޕްލިކޭޝަން އަނެއް އެޕްލިކޭޝަނަށް ސްވިޗް ކުރުމުގައި ބޭނުންކުރާ މީހުންނަށް ތަކުލީފު ނުޖައްސައި ޑޮކިޔުމަންޓްތަކުގެ ލޭއައުޓް ހެދުން ވަނި ވަރަށް ބޮޑަށް ފަސޭހަކޮށްދީފަ އެވެ.

ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް ދޫކޮށް އޮފީސް ބޭނުތައް މޮބައިލަށް މިސްރާބުޖަހާފައި ވާއިރު ވަކި ޑިވައިސްއަކުން ނޫނީ ވަކި ކަމެއް ނުކުރެވޭ ސަގާފަތް ވެސް ވަނީ މުޅިން ނައްތާލާފަ އެވެ.

އެހެންކަމުން، މައިކްރޮސޮފްޓް 365 ގެ އާ އެޕްލިކޭޝަނާ އެކު ކޮމްޕިއުޓަރާއި، ޓެބްލެޓް އަދި މޮބައިލްގެ މެދުގައި ހުރި ތަފާތު ނައްތާލައި އެ މީހަކު ކުރަން ބޭނުން މަސައްކަތެއް އެ މީހަކު ހުރި ތަނަކުން ކުރެވޭ ގޮތް ވެސް ވަނީ ބޮޑުތަން ފަސޭހަކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.