މެރިޓައިމް ސިނާޔަތާއި ގުޅޭ ސެމިނާއެއް މިރޭ އެމްއެންޔޫގައި ބާއްވަނީ

މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ސީއެމްއެސްގެ ބީ ބްލޮކް އޮޑިޓޯރިއަމްގަ އެވެ.

އޮފްޝޯ ބަންކަރިން ހިދުމަތް ދޭ ގޮތް

ގައުމީ އިިން ހިންގާ އިލްމީ ފޯވަހީގެ ދަށުން މެރިޓައިމް ސިނާޔަތުގައި ދުރުން ދޭ ތައުލީމާއި އީލާނިންއާ ގުޅޭ ސެމިނާއެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އެމްއެންޔޫގެ ސެންޓަ ފޯ މެރިޓައިމް ސްޓަރޑީޒް (ސީއެމްއެސް) ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނާގައި މެރިޓައިމް ސިނާޔަތު އަދި ކަނޑުމަތީގައި ކުރާ މަސައްކަތްތަކާއި ގުޅޭ ތަމްރީން ފޯރުކޮއް ދިނުމަށް އީލަނިންގް ސްޓަޑީ މޮޑާލިޓީ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ މައްޗަށް އަލި އަޅުވާލާނެ އެވެ.

މި ސެމިނާގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލައްވާނީ ސީއެމްއެސްގެ ފަރާތުން ހެޑް އޮފް ސެންޓަރު ކެޕްޓަން މުޙައްމަދު ޒައިދު އާއި ފާތިމަތު ނާސިހާ އަބުލުލް މުޙައިމިން އަދި ސްޓޭޓް ޓްރޭޑީންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުން ބައިވެރިވެލައްވާނީ އެ އިދާރާގެލޮޖިސްޓިކްސް ދިޕާޓްމަންޓްގެ މެރިން ސުޕިރިޓެންޑެންޓްން މުހައްމަދު އިމްތިޔާޒެވެ. 

މީގެ އިތުރުން، މި ސެމިނާގައި މޮޑަރޭޓަރއެއްގެ ގޮތުގައި ބައިވެރިވެލައްވާނީ ސީއެމްއެސްގެ އެސިސްޓަންޓް މެރިޓައިމް އިންސްޓްރަކްޓަރު ހުސައިން ހަމީދު މޫސާ އެވެ.

މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ސީއެމްއެސްގެ ބީ ބްލޮކް އޮޑިޓޯރިއަމްގަ އެވެ.

ރާއްޖޭގެ މެރިޓައިމް ސިނާއަތު ކުރިއަރުވަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަހު ބަންކަރިންގެ ވިޔަފާރިއަށް ރާއްޖެ ހުޅުވާލަން ތައްޔާރުވާއިރު މެރިޓައިމް ސިނާއަތުގެ ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.