އައްބާސްއާ ގުޅޭ ޝަކުވާއެއް އޮތްތޯ ބަލަން ހުޅުވާލައިފި

ކޮމިޓީން ނިންމި ގޮތަށް މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އައްބާސްއާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލިކަން މަޖިލީހުންވަނީ އިއުލާނުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓް އައްބާސް ޝަރީފާމެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް މަޖިލީހުން ހުޅުވާލައިފި އެވެ. 

ރޭ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ޕީޖީކަމަށް އައްބާސް އައްޔަންކުރުމަށް ރައީސް ފޮނުއްވި ސިޓީފުޅު އިއްވާފައިވެ އެވެ. އަދި އެއަށްފަހު އައްބާސްގެ ނަންފުޅާއި އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި އެވެ. 

ރޭ 21:30 ގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އައްބާސްއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅުމަށް ފުރުސަތު ހުޅުވައިލާށެވެ. 

ކޮމިޓީން ނިންމި ގޮތަށް މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އައްބާސްއާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލިކަން މަޖިލީހުންވަނީ އިއުލާނުކޮށްފަ އެވެ. 

ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.

ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނު ތަމްސީލު ކުރެއްވި އެއް ބޭފުޅަކީވެސް އައްބާސެވެ.

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި އަނބުރުގެ ދައުވާގެ މައްސަލާގައިވެސް ވަކީލެއްގެ ގޮތުގައި އައްބާސް މަސައްކަތް ކުރެއްވި އެވެ. އޭގެ އިތުރަށް އައްބާސަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ. އައްބާސް ޝަރީފު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.