އަދަދުން ފެތުރީ ދޮގު، ގާނޫނީ ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި

ރައީސަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި ދޮގު ހަބަރު ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ހީނާ ވިދާޅުވި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ދިނުމުން އުފާފާޅު ކުރަން ބޭއްވި ހަފްލާ

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިން ކަމަށް ބުނެ އަދަދު އޮންލައިން ގައި ޝާއިއު ކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނެފި އެވެ.

‏މަޖިލީހުގައި ހިމެނޭ ޕީއެންސީގެ މެންބަރުންނަަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކޮންމެ މަހަކު 50،000 ރުފިޔާ ދެއްވާ ކަަމަށް ބުނެ ވާހަކަތަކެއް ފެތުރޭތާ ދުވަސްތަކެެއް ވެއްޖެ އެވެ. ސަރުކާރާއި ރައީސް މުއިއްޒު ކުރީން ވެސް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

އަދަދު ނޫހުން މިއަދު ވަނީ "ބައިލައްކަ" ނަމުގައި ހާއްސަ ރިޕޯޓެއް ގެނެސްދީފަ އެވެ. މަންޒަރުތަކާ އެކު ގެނެސްދިން އެ ރިޕޯޓަށް މައުލޫމާތު ހޯދީ ޕީއެންސީގެ "އިހްލާސްތެރި މެންބަރުން" ތަކެއްގެ ކިބައިން ކަމަށް ބުންޏެވެ. އެ ރިޕޯޓް ގައި ބުނީ ރައީސް މުއިއްޒު، ޕީއެންސީ މެންބަރުންނަށް މަހަކު ބައިލައްކަ ރުފިޔާ ދެއްވާ ކަމަށެވެ.

މި މަހު ފައިސާ ބެހިގޮތާއި ބެހިތަނާއި އެ ނޫން ވެސް މައުލޫމާތުތައް ހިމަނާފައިވެ އެވެ. އަދި ބުނީ މި މަހު ކޮންމެ މެންބަރަކަށް އިތުރު 25،000 ރުފިޔާއާ އެކު ޖުމްލަ 75،000 ރުފިޔާ ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެެއް ކަމަަށެޗެ.

‏ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

‏ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.